ads
މަސްވެރިން ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ރާއްޖޭގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 25،000 ޓަނަށް އިތުރުކުރަނީ
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ކޯލްޑް ސްޓޯރޭޖްގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، ޖުމްލަކޮށް ރާއްޖޭގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 25،000 ޓަނަށް އިތުރުކުރުމަށް އަމާޒު ކަނޑައަޅާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
Advertisement

ސަރުކާރުގެ މިހާރުގެ އަމާޒަކީ މި ދައުރުތެރޭގައި އިތުރު 15،500 ޓަން މުޅި ރާއްޖޭގައި އިތުރުކުރުން ކަމަށް ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ. 

"ކޯލްޑް ސްޓޯރޭޖްގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ފެލިވަރުގައި އަދި ގދ.ތިނަދޫގައި ކޯލްޑް ސްޓޯރޭޖް ނިންމައި މިއަހަރު ތެރޭގައި ބޭނުންކުރަން ފެށުމަށް މަސައްކަތްކުރަމުންދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މ.މުލަކުގައިވެސް ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށް ސައުދީ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށާއި، އެއީ ސައުދީ ފަންޑުގެ ދަށުން ކުރިއަށްގެންދެވޭ ޕްރޮޖެކްޓެއް ކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ ކޯލްޑް ސްޓޯރޭޖްގެ ދަތިކަން ހައްލުކުރެވިއްޖެނަމަ މަސްވެރިންގެ ބާނާ މަސް ބޭރުކުރުން ހިފަހައްޓާލެވޭނެކަމަށާއި، އޭގެ ސަބަބުން މަހަށް ރަނގަޅު އަގެއް ލިބޭނެކަމަށެވެ. މިހާރު މަސް ބޭރުކުރަމުންދަނީ ގަންނަ ކުންފުނިތަކުން ބޭނުންވާތީ ކަމަށާއި، އޭގެ ސަބަބުން މަހަށް ހަމަ އަގު ހޯދުމަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކޯލްޑް ސްޓޯރޭޖްތައް އެޅުމުން މަހަށް ރަނގަޅު އަގެއް ހޯދުމަށް ވަރަށް ބޮޑަށް ފުރުސަތު ފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް