ads
ލަވް ރަންޖަންގެ ކުރިއަށް އޮތް ފިލްމުން ޝްރައްދާ އާއި ރަންބީރު
ލަވް ރަންޖަންގެ ކުރިއަށް އޮތް ފިލްމުން ފެނިގެންދާނީ ބޮލީވުޑުގެ ކާމިޔާބު އެކްޓަރެސް ޝްރައްދާ ކަޕޫރާއި ރަންބީރު ކަޕޫރު ކަމަށް ލަވް ފިލްމްސް އިން ކަށަވަރުކޮށްދީފި އެވެ.
ލަވް ރަންޖަންގެ ކުރިއަށް އޮތް ފިލްމުން ފެނިގެންދާނީ ބޮލީވުޑުގެ ކާމިޔާބު އެކްޓްރެސް ޝްރައްދާ ކަޕޫރާއި ރަންބީރު ކަޕޫރު ކަމަށް ލަވް ފިލްމްސް އިން ކަށަވަރުކޮށްދީފި އެވެ.

ލަވް ފިލްމްސް އިން ކުރި ޓުވީޓެއްގައި ބުނީ އެފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރެވެ. އަދި އެފިލްމު ނެރޭނީ 2021 ވަނަ އަހަރު މާޗް މަހު ކަމަށްވެސް ނޫސްތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް މިފިލްމަށް ކިޔާ ނަން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ސަންޖޫގެ ކާމިޔާބަށްފަހު ރަންބީރަށް ވެސް ބޮލީވުޑުން ރަނގަޅު ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ.

އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ލޯބިވެރިޔާއާއެކު އޭނާ ފެނިގެން ދާނެ ފުރަތަމަ ފިލްމު "ބްރަހްމަސްތުރާ"ގެ ޝޫޓިންގަ އެވެ.

"އޭކް ވިލަން" އާއި "ބާގީ" އަދި "އާޝިގީ 2" ގެ އިތުރުން "އޭބީސީޑީ 2" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިފައިވާ ޝްރައްދާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސުޝާންތު ސިންގް ރާޖުޕުތްއާ އެކު "ޗިޗޯރް" އިންނެވެ.

އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މަޝްހޫރު ކޮރިއޮގްރާފަރު ރޭމޯ ޑި ސޫޒާ ތައްޔާރުކުރާ ފިލްމު "ސްޓްރީޓް ޑާންސާ" ގައެވެ. މިފިލްމުގައި އޭނާއާ އެކު ފެނިގެންދާނީ ވަރުން ދަވަން އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް