ads
ޕީއެންސީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން:-- ފޮޓޯ/ މަޖިލިސް
މިއަދުވެސް މަޖިލިސް ޗުއްޓީގައި، ޖަލްސާއެއް ނެތް
މިއަދުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނޯންނާނެކަމަށް އެ މަޖިލީހުން ބުނެފިއެވެ.
Advertisement

ރައްޔިތުން މަޖިލީހުން އެންމެ ފަހުން ޖަލްސާއެއް ބޭއްވީ މިމަހުގެ ދޭއް ވީ މިދިޔަ ހޯމަދުވަހުއެވެ. އެއީ ޗުއްޓީއަށް ފަހު ދެވަނަ ދައުރު ފެށުމުގެ ގޮތުން ބޭއްވި ޖަލްސާއެވެ. އެދުވަހުވެސް މަޖިލިސް ކުރިޔަށް ގެންދިޔައީ ގަޑިއިރެއްހާ އިރަށެވެ. އެއަށް ފަހު ޖަލްސާ ވަނީ ނިންމާލާފައެވެ. 

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ. އެހެންނަމަވެސް މިދިޔަ ހަފްތާގައިވެސް އަންގާރަ ބުދަ ދުވަހު ޖަލްސާ ބާއްވާވައެއް ނުވެއެވެ. 

އީދު ބަންދަށް ފަހު މިއަދު ސަރުކާރު ހުޅުވުނުއިރު މިއަދުވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ. އަދި މިއަދަށް އެއްވެސް ކޮމެޓީއެއްގެ ބަދަލުވުމެއްވެސް ތާވަލުކޮށްފައެއް ނުވެއެވެ. 

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ މެއި 15، ގައެވެ. 

 

އީދު ބަންދަށް ފަހު މިއަދު ސަރުކާރު ވަނީ ރަސްމީކޮށް ހުޅުވާފައެވެ. މި ހަފްތާގެ ތިން ދުވަސް އޮތް ނަމަވެސް އެދުވަސްތައް ސަރުކާރު ބަންދުނުކުރީ ޒިންމާދާރު ގޮތަކަށް ނުވާނެތީކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. .

މި ތިން ދުވަސް ބަންދުކުރަން ވަރަށް ގިނަ މީހުން އުއްމީދުކުރާކަން އެނގިވަޑައިގަންނަވާކަމަށާއި އެހެންނަމަވެސް 3 ދުވަސް ބަންދުކުރުމަކީ ރަނގަޅުކަމެއް ކަމަށް ގަބޫލުނުކުރެއްވޭކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް