އިއްޔެ ހަވީރުގެ ވަގުތެއްގައި ޝެއިހް ފަރީދު އަވަހާރަވީ މެލޭޝިއާގައި އޮތް ބައްދަލުވުމުކަަށް އެގައުމަށް ވަޑައިގެން އެއާޕޯޓަށް ފަބައިވަޑައިގެންތާ މާ ގިނައިރުތަކެއް ނުވަނީސްއެވެ. ފަރީދު މެލޭޝިއާއަށް ވަޑައިގަތީ އެގައުމުގައި ދަރުސެއް ދެއްވުމަށެވެ.
ޝެއިހް ފަރީދުގެ ޖަނާޒާ މެލޭޝިޔާގައި ބޭއްވުމަށް އާއިލާއިން ވަނީ ނިންމައިފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޝައިހުގެ ފަރީދުގެ މައްޗަށް ރާއްޖޭގައި ގައިބަށް ކަށު ނަމާދު ކުރުމާމެދު ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާކަމަށެވެ. އެހެންކަމުން ހުކުރުގެ ކުރިން ޖަނާޒާ ކަންކަން ނިމިއްޖެނަމަ ހުކުރު ދުވަހު ރާއްޖޭގައި ޝެއިހު ފަރީދުގެ މައްޗަށް ކަށު ނަމާދުކުރާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޖަނާޒާގެ ކަންކަން ދާ ގޮތް އިއުލާންކުރާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;