ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މަގޫދޫ އެއަރޕޯޓް (ފޮޓޯ އެމްޓީސީސީ)
މަގޫދޫ އެއަރޕޯޓުގެ ބޮޑު ބައެއް ނިމިއްޖެ
ސަރުކާރުން ފ. އަތޮޅު މަގޫދޫގައި އިމާރާތް ކުރަމުންދާ އެއަރޕޯޓުގެ ގާތްގަނޑަކަށް 43 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީގެ ރެކޯޑްތަކުން ދައްކައިފިއެވެ.
Advertisement

ފ. މަގޫދޫގައި ތަރައްގީ ކުރަމުންދާ ޑޮމެސްޓިކް އެއާޕޯޓުގެ ބޮޑު ބައެއް ނިމިފައިވަނިކޮށް މި ސަރުކާރުން އައިސް އެ މަސައްކަތް ހުއްޓާލުމުން އެ ރަށު ރައްޔިތުންވަނީ މީގެ ކުރިން އިހްތިޖާޖުވެސްކޮށްފައެވެ. އަދި މަސައްކަތައް ބޭނުންކުރަމުން ދިޔަ ބައެއް މެޝިނަރީޒްގެ ރަށުން ބާލަން އުޅުމުން އެރަށޫ ރައްޔިތުން ވަނީ އެކަން ހުއްޓުވާފައެވެ.

އެމްޓީސީސީގެ ޕްރޮޖެކްޓްތަކުގެ އަދާހަމަ އެ ކުންފުނީގެ ވެބްސައިޓުން ބަލާލެވޭއިރު، މަގޫދޫ އެއަރޕޯޓުގެ 43 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ދައްކައެވެ. މަގޫދޫ އެއަރޕޯޓް އިންފްރާސްޓްރަކްޗާ މަޝްރޫއުގެ ދަށުން މަގޫދޫގައި އެއާޕޯޓެއް ފަރުމާކޮށް ތަރައްގީ ކުރާއިރު، އެއަރޕޯޓްގެ އިންފްރާސްޓްރަކްޗާގެ ބޮޑެތި ބައިތަކުގެ ތެރޭގައި ޕެސެންޖަރު ޓާމިނަލެއް ހެދުމާއި، ފަޔަރ ބިލްޑިންގ އާއި، ފަޔަރ ޕެޑާއި، ފަޔަރ ޕޮންޑާއި، ޓެކްސީވޭއާއި، ސާވިސް ރޯޑާއި، ރަންވޭއާއި، އޭޕްރަން ހިމެނެއެވެ.

1800 މީޓަރގެ ދިގު ރަންވޭއަކާއެކު ހަދާ މަގޫދޫ އެއާޕޯޓަކީ މިހާތަނަށް ހަދާ އެންމެ އަގުބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓެވެ. މަގޫދޫގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓަކީ 230 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޕްރައިވެޓް ޖެޓު ޖެއްސޭ ފެންވަރަށް، ޖެޓު ކްރޫއިންނަށް ހާއްސަ ހޮޓަލަކާއި އެހެނިހެން އިންތިޒާމުތައް ހިމެނޭ އެއާޕޯޓެކެވެ.

ފ. މަގޫދޫ މިދިޔަ ސަރުކާރުން އަޅަން ފަށާފައިވާ އެއާޕޯޓް ނިންމާ މިދައުރުގައި ހުޅުވާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ އަބްދުއްﷲ މުއްތަލިބްވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް