ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މިއަހަރު ރާއްޖެއައި އެއްމިލިއަން ވަނަ ޓޫރިސްޓަށް މިނިސްޓަރު މަރުހބާ ދަންނަވަނީ
މިއަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް އަރައިފި
މިއަހަރުގެ ފުރަތަމަ މަސްތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އެއް މިލިއަން ފަހަނައަޅާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
Advertisement

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މެއި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,011,972 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.4 ޕަސަންޓުގެ ކުރިއެރުމެކެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭގޮތުގައި މެއި މަހުގެ ފުރަތަމަ ނުވަ ދުވަހުގެ ތެރޭގައިވެސް ރާއްޖެއަށް 45,614 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 32,996 ޓޫރިސްޓުންނާ އަޅާބަލާއިރު 38.2 ޕަސަންޓުގެ ކުރިއެރުމެކެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 6,325 ޓޫރިސްޓުން ޒިޔާރަތްކުރަމުންދާކަމަށް މިނިސްޓްރީން ބުންޏެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 121,393 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް ގިނައިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިން (111,937 ޓޫރިސްޓުން) އަދި ތިންވަނައަށް އިނގިރޭސިވިލާތުންނެވެ (101,781 ޓޫރިސްޓުން). ދިވެހި ސަރުކާރުގެ މިއަހަރުގެ އަމާޒަކީ، އަހަރު ނިމޭއިރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އަދި މިހާރު ޓޫރިސްޓުންނަށް ހިދުމަތްދިނުމަށް ހުއްދަދީފައިވާ 1,200 ތަނުގައި ޖުމްލަ 63,969 އެނދު އެބަހުއްޓެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް