ads
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
އިޒްރޭލުން އިރާނަށް ދިން ހަމަލާތައް ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި
އިޒްރާއީލުން ރޭ އީރާނަށް ދިން ހަމަލާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.
Advertisement

ރައީސް މުއިއްޒު "އެކްސް" ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ބުނފައި ވަނީ، މިފަދަ އަމަލު ތަކަކީ ގާނޫނު ތަކާއި ހިލާފަު އަދި ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް ނުރައްކާވާ ފަދަ އަމަލުތަކެއް ކަމަށެވެ.

ހަމައެހެންމެ، މި ކަމުގެ ސަބަބުން ނުތަނަވަސްކަން އިތުރުވިޔަ ނުދިނުމަށް އަވަސް ހައްލެއް ގެންނަން ޖެހޭކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އިސްރާއީލުން ރޭ ވަނީ އީރާނުގެ އަސްކަރީ އަދި ނިއުކްލިއާ މަރުކަޒުތަކަށް ސިލްސިލާ ހަމަލާތަކެއް ދީފައެވެ.

ނަތަންޔާހޫ ވަނީ "ރައިސިން ލަޔަން"ގެ ނަމުގައި އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަން ވަރަށް ކާމިޔާބުކަމަށް ބުނެފަ އެވެ. މީގެ އެތައް ހަމަލާތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އީރާނަށް ދޭނެކަމުގެ އިންޒާރުވެސް ނަތަންޔާހޫ ދީފައި ވެއެވެ.

އިރާނުގެ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ ފެސިލިޓީތައް ހިމެނޭހެން އަށް ސަރަހައްދަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއްދިނުމުން ރައްދުގައި އީރާނުން 100 ވަރަކަށް ޑްރޯން އިޒްރޭލަށް އަމާޒުކޮށް މިހާރު ވަނީ ފޮނުވާލައިފަ އެވެ.

އިޒްރޭލުން އީރާނަށް ދެމުން ގެންދާ ވައިގެ ހަމަލާތައް ދުނިޔޭގެ ގައުމުތަކުން އަންނަނީ ކުށްވެރިކުރަމުން ނެވެ. އެގޮތުން ސައުދީ،ޗައިނާ އަދި ޖަޕާނުން ވެސް ވަނީ ހަރުކަށި އިބާރާތުން އިޒްރާއީލްގެ އަމަލުތައް ކުށްވެރިކޮށްފައި އެވެ.

އިޒްރޭލާއި އީރާނުން މިދިޔަ އަހަރެއްހާ ދުވަސް ދެ ފަހަރެއްގެ މަތިން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީފަ އެވެ. އެކަމަކު އެއިން އެއްވެސް ހަމަލާއެއްގައި ނިސްބަތުން ބޮޑު ގެއްލުމެއް އެއްވެސް ބަޔަކަށް ނުވެ އެވެ. މިފަހަރު ހަމަލާ ދީފައި މި ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެންނަން އެމެރިކާ އާއި އީރާނުން މަޝްވަރާތައް ވެސް ކުރިއަށް ގެންދަނިކޮށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް