ads
މެނިންގޯކޮކަލް ކޮންޓެކްޓް ޓްރޭސިން ނިމިއްޖެ، ބަލި ޖެހިފައިވާ އިތުރު މީހަކު ނުފެނުނު
ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލި ޖެހުނު މީހާއާ ގާތުން އެއްތާވި މީހުންގެ ހޯދުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށާއި، މި ބައްޔަަށް އިތުރު މީހަކު ފައްސިވެފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.
Advertisement

އެޗްޕީއޭއިން މިއަދު ބުނީ މެނިންގޯކޮކަލް ބަލީގެ ކޮންޓެކްޓް ޓްރޭސިން މިހާރު ހަދައި ނިމިފައި ވާކަމަށާއި އޭގެ ތެރެއިން އެއްވެސް މީހަކު ބަލީގެ އަލާމާތެއް ހުރިކަމަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ.

މިއަދާ ހަމައަށް ވެސް އެ ބަލީގެ އިތުރު ކޭހެއް ރިޕޯޓުކޮށްފައި ނުވާކަމަށް އެ އިދާރާއިން ބުންޏެވެ.

ރާއްޖެއިން މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނި ބަލީގެ ކޮންޓެކްޓް ޓްރޭސިން ހަދަން ފެށީ މި މަހުގެ ހަތް ވަނަ ދުވަހެވެ.

އެއީ މި މަހުގެ 7 ގައި އެ ބަލީގައި އުމުރުން 24 އަހަރުގެ ޒުވާން ފިރިހެނަކު ނިޔާވުމާއި ގުޅިގެން ނެވެ. އޭނާ ނިޔާވީ މެލޭޝިއާ އަށް ކުރި ދަތުރަކަށް ފަހު ރާއްޖެ އައި ތަނާ އެވެ.

މެނިންގޯކޮކަލް ބައްޔަކީ މެނިންގޯކޮކަލް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. އާންމު ގޮތެއްގައި ލޭގެ އިންފެކްޝަނެއްގެ ގޮތުގައި ޖެހޭ މި ބަލި ބައެއްފަހަރު ސިކުނޑީގެ މެމްބްރޭންތައް ވެސް އިންފެކްޓު ކޮށްލަ އެވެ. މި ބަލީގެ އަލާމާތްތައް ފެންނަނީ ބަލި ޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް