ads
އިންޑިއާގައި ޔޯގާ ދުވަސް ފާހަގަކުރަނީ
މޯދީ ޔޯގާ ދުވަސް ފާހަގަ ކުރުމުން އެމްބަސީގެ ޕޯސްޓް ދިވެހި ބަހުން ވެސް ކޮށްފި
މި އަހަރުގެ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު އެކަން ކުރުމުން ޔޯގާގެ ވާހަކަތައް ކިޔާދީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ދިވެހި ބަހުންވެސް ޕޯސްޓެއްކޮށްފިއެވެ.
Advertisement

ދުނިޔޭގެ އެކި ހިސާބުތަކުގައި ފާހަގަ ކުރަމުން އަންނަ ބައިނަލްއަގުވާމީ ޔޯގާ ދުވަސް އިއްޔެ ވަނީ ކުލަގަދަކޮށް ރާއްޖޭގައިވެސް ފާހަގަކޮށްފައެވެ. 

އެމްބަސީން ދިވެހި ބަހުން ޕޯސްކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ނިއު ދިއްލީގައި އިއްޔެ ބޭއްވި ޔޯގާގެ ހަރަކާތްތަކުގެ ވާހަކައެވެ. 

އެ އިވެންޓްގެ ފޮޓޯތަކަކާ އެކު އެމްބަސީން ދިވެހި ބަހުން ލިޔެފައިވާ ޕޯސްޓްގަައި ބުނީ ބައިނަލްއަޤްވާމީ ޔޯގާ ޑޭ ފާހަގަކުރުމަށް ދިއްލީގެ ނެހްރޫ ޕާކުގައި ޑިޕްލޮމެޓިކް ކޯޕްސްއާއެކު ބައިވެރިވުމަކީ އުފަލެއް ކަމަަށެވެ. އަދި ބޮޑުވަޒީރު މޯދީ ވިދާޅުވި ފަދައިން، އިއްޔެ ސެޝަނުން ފެނިގެން ދިޔައީ ޔޯގާ އަކީ އުމުރެއް، ގިންތިއެއް ނެތި އެންމެންނަށް ވެސް ބައިވެރިވެވޭ ހަރަކާތެއް ކަމަށް އިންޑިއާ އެމްބަސީންގެ ޕޯސްޓުގައިވެއެވެ.

ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުގެ އިސްނެގުމާއެކު، ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކޮށްފައިވަނީ ތާޖު މޯލްޑިވްސް ރިސޯޓުގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި މެހެމާނަކީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރެކެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް