
ފިނޭންސް މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ އަސަރުތައް ދެނެގަތުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
އެގޮތުން ތެލުގެ ބާވަތްތަކާއި ކާބޯތަކެތީގެ އަގުތަކަށް އައިސްދާނެ ބަދަލުތައް ވަރަށް ގާތުން މޮނިޓާކުރަމުން އަންނަކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ބާޒާރުގެ އަގުތަކާއި، އިންފްލޭޝަނަށް އަންނަ ބަދަލުތަކާއި، ދިމާވެދާނެ ހުރަސްތައް ކަމާއި ގުޅޭ މުއައްސަސާތަކާއި ގުޅިގެން ކުރަމުން އަންނަކަމަށް ފިނޭންސް މިނިސްޓާރު ޒަމީރު ވިދާޅުވިއެވެ. އަދި މިކަމުގައި ދިވެހި ހުރިހާ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމުގައި ސަރުކާރުން އޮންނާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށްކަމަށް ބުނެ އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށީ ޖޫން މަހުގެ 13ވަނަ ދުވަހުއެވެ. އެއަށްފަހު އިރާނުންވެސް އަންނަނީ ދިފާއުގައި އިޒްރޭލަށް ހަމަލާދެމުންނެވެ. އަދި ހަމަލާތަކުގެ ތެރެއަށް އެމެރިކާ ވަދެ އެމެރިކާއިންވެސް ވަނީ އިރާނަށް ހަމަލާދީފައެވެ. އެ ހަމަލާތަުިގެ ރައްދެއްގެ ގޮތުން އިރާނުން ރޭ ވަނީ ގަތަރާއި އިރާގުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ.