ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މޫސާ ޒަމީރު އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ ރައީސް ޖިން ލިކުން އާ މިއަދު ބައްދަލުކުރެއްވުން
އޭއައިބީގެ އެހީތެރިކަން ރާއްޖެއަށް އިތުރުކުރަން މަޝްވަރާކޮށްފި
އެކޮނޮމިކް މިނިސްޓަރު މޫސާ ޒަމީރު، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިބީ)ގެ ރައީސް ޖިން ލިކުންއާއެކު ޗައިނާގެ ވެރިރަށް ބެއިޖިންގައި ބައްދަލުކުރައްވައި، ރާއްޖެއަށް އެ ބޭންކުން ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް މަޝްވަރާކޮށްފިއެވެ.
Advertisement

މި ބައްދަލުވުން ބޭއްވުނީ އޭއައިބީގެ ގަވަރނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ. ބައްދަލުވުމުގައި ރާއްޖެއާއި އޭއައިބީއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ ތަރައްގީގެ އެޖެންޑާއަށް އެހީތެރިވުމަށް ކުރިމަގުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ މެދު ވާހަކަދެކެވުނެވެ.

މިނިސްޓަރު ޒަމީރު ބައްދަލުވުމުގައި، އޭއައިބީގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްދާ މުހިންމު މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އޭގެތެރޭގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ އިގްތިސާދީ އަސަރުތަކުން އަރައިގަތުމަށް ދެވުނު އެހީތެރިކަމާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް އަމާޒުކޮށްގެން ހިންގާ ވޭސްޓް-ޓު-އެނަރޖީ ޕްރޮގްރާމަށް ދެވުނު ފައިނޭންސިންގ ހިމެނެއެވެ. މީގެއިތުރުން ރާއްޖޭގެ ކުރިމަގުގެ ފައިނޭންސިންގ ބޭނުންތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ސަރުކާރުން ކުރިއަށްގެންދާ އިގްތިސާދީ އިސްލާހުތަކާ ބެހޭ މައުލޫމާތު މިނިސްޓަރު ޖިންއަށް ދެއްވިއެވެ. މި އިސްލާހުތަކުގެ ސަބަބުން ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުން އަންނާނެކަމަށް އުންމީދުކުރެވޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލާއި އެކި ސަރަހައްދުތަކުގައި އަލަށް ގާއިމުކުރެވޭ އެއަރޕޯޓުތައް ހިމެނޭކަމަށް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެކޮނޮމިކް މިނިސްޓަރާއެކު ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަޟީލް ނަޖީބާއި އެހެނިހެން އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް