
މި ޖޫން 27 އިން ޖޫން 29 އާ ދެމެދު ޗައިނާ އިންޓަނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައި ބާއްވާ މި އެކްސްޕޯގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 6 ޕާޓްނަރުން ވެސް ވަނީ ވިޒިޓް މޯލްޑިވްސްއާއެކު ބައިވެރިވެފައެވެ.
ރާއްޖެއިން މި އެކްސްޕޯގައި ބައިވެރިވަނީ ސްޓޭންޑް 6 ޓީ11 ގައެވެ. މި ސްޓޭންޑްގައި ފޮޓޯ ނެގުމުގެ ފުރުސަތުތަކާއި، ޕްރޮމޯޝަނަލް ވީޑިއޯ ޑިސްޕްލޭތަކުގެ އިތުރުން ދަތުރުފަތުރުގެ މާހިރުންނާއެކު ވަން އޮން ވަން ބިޒްނަސް މީޓިންތައް ހިންގަމުން ދެއެވެ. އެމްއެމްޕީއާރުސީއާއެކު މިހަރަކާތުގައި ބައިވެރިވާ ކޯ އެގްޒިބިޓަރުންގެ ތެރޭގައި ޓްރައި މޯލްޑިވްސް ހޮލިޑޭސް، ޕްލުމޭރިއާ، ސަން ސިޔާމް ޓްރެވަލްސް، އައިކޮމް މެރީނާ ސީ ވިއު، ޑައިމަންޑްސް ތުޑުފުށި ބީޗް އެންޑް ވޯޓާ ވިލާސް އަދި ކޯޓްޔާޑް ހިމެނެއެވެ.
11 ޖޫން 2025 ގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 122،088 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، 2024 ވަނަ އަހަރު ރާއްޖެއަށް ޗައިނާއިން ޖުމުލަ 263،340 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއަހަރުވެސް ދިވެހިރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޗައިނާއެވެ.