ads
ގަވައިދާހިލާފު މަސްވެރިކަން ހުއްޓުވުމަށް އެމެރިކާގެ އެހީ
ދިވެހިރާއްޖޭގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ކުރެވޭ މަސްވެރިކަން ހުއްޓުވުމާ ގުޅޭ ގޮތުން އެމެރިކާއާއެކު މަޝްވަރާކޮށްފި އެވެ.
Advertisement

ދިވެހިރާއްޖޭގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ކުރެވޭ މަސްވެރިކަން ހުއްޓުވުމާ ގުޅޭ ގޮތުން އެމެރިކާއާ ދެމެދު މުހިންމު މަޝްވަރާތައް ކުރިއަށް ގެންދެވިފައިވަނީ އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޫ-ހޯ ޔޮން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި މަސްވެރިކަމުގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މިގޮތުން މި ސަރަހައްދުގައި ކުރެވޭ ގާނޫނާ ހިލާފު މަސްވެރިކަން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި، އެކަމުގައި ދެ ގައުމަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ވާހަކަދެކެވުނެވެ.

މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި، ކުރިއަށް އޮތްތަނުގައި ގަވައިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކެއް ކަނޑައެޅުމަށް މަސައްކަތްކުރާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް