
ފިނޭންސް މިނިސްޓްރީން އާންމުކުރި ފިސްކަލް ރިޕޯޓުގައިވާ ގޮތުން މިދާއިރާއަށް މިހާތަނަށް 1,079.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މިދާއިރާއަށް ކުރެވުނު ހަރަދުގެ ތަފްސީލަށް ބަލާއިރު އެއާޕޯޓު ތަރައްގީކުރުމަށް 801.7 މިލިއަން ރުފިޔާ، ބްރިޖް މަޝްރޫއުތަކަށް 165.6 މިލިއަން ރުފިޔާ އަދި ރާއްޖޭގެ ބަނދަރުތައް ތަރައްގީކުރުމާއި އަޕްގްރޭޑް ކުރުމަށް 112.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިއަހަރުގެ ބަޖެޓުގައި ޓްރާންސްޕޯޓު ދާއިރާއަށް ޕީއެސްއައިޕީގެ ދަށުން 4,166.7 މިލިއަން ރުފިޔާ ފާސްކޮށްފައިވެއެވެ.
މިއަހަރު ޓްރާންސްޕޯޓަށް ކުރެވުނު ހަރަދަކީ ބޮޑު އަދަދެއް ނަމަވެސް، މިއީ 2024 ވަނަ އަހަރުގެ މިމުއްދަތުގައި ކުރެވުނު 1,477.5 މިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެކެވެ. މިއަހަރު މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރެވުނު ޖުމްލަ 1,984.6 މިލިއަން ރުފިޔާގެ ހަރަދުގެ ތެރެއިން އެންމެ ބޮޑު ބައެއް ހަރަދުކޮށްފައިވަނީ ޓްރާންސްޕޯޓު ދާއިރާއަށެވެ.