ads
ރޭގެ އެކްސިޑެންޓްގައި ނިޔާވި އުމުރުން 17 އަހަރުގެ އަލްސަން
އަލްސަންގެ ކަށު ނަމާދު އަސުރަށްފަހު އާ ސަހަރާގައި
ރޭ މާލޭގައި ހިންގު ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދުގެ ޖަށު ނަމާދު މިއަދު އަސުރު ނަމާދަށްފަހު ބޭއްވުމަށް ނިންމައިފިއެވެ.
Advertisement

ރޭ އިރާކޮޅު މާފަންނު ބަސް ސްޓޭޝަން ކުރުމަތިން ބޮޑުތަކުރުފާނު މަގުގައި ހިންގި އެކްސިޑެންތްގައި ޒަަހަމްވި އަލްސަން ނިޔާވީ އައިީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް އެ ހާދިސާ ހިނގިތާ މާ ގިނައިރުތަކެއް ނުވަނީސް އެވެ. 

އަލްސަން އަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްގަނީ އާއި މަރިޔަމް އަޝްފާގެ ދަރިފުޅެވެ. މީ އެ ދެމަފިރިންގެ ހަމައެކަނި ހުރި ދަރިފުޅެވެ. 

އަލްސަންގެ ކަށު ނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

 

ރޭ 20:40 އެހާކަންހާއިރު ހިނގި މި އެކްސިޑެންޓްގައި 16 އަހަރުގެ ކުއްޖަކާއި 40 އަހަރުގެ މީހަކަށް އަނިޔާވެ އަންނަނީ ފަރުވާދެމުން. 16 އަހަރުގެ ކުއްޖަކީ މި އެކްސިޑެންޓްގައި ނިޔާވި އަލްސަންއާއި އެކު ސައިކަލްގައި އިން ކުއްޖާ. 40 އަހަރުގެ މީހާއަކީ ދުވަން ނުކުމެ އުޅުނު މީހެއް. މި ދެ މީހުންގެ ހާލުވެސް ސީރިއަސްކަަމަށް  ހޮސްޕިޓަލުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް