ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް -- ފޮޓޯ: އެމްއޭސީއެލް
ދައުލަތުގެ އާމްދަނީގެ 10.6 ޕަސަންޓަކީ ޑިޕާޗާ ޓެކުހާއި އެއާޕޯޓް ފީން ލިބުނު އާމްދަނީ
ފުރަތަމަ 6 މަސްދުވަހު ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީއަކީ ދައުލަތުގެ ޖުމްލަ އާމްދަނީގެ 10.6 ޕަސަންޓުކަމަށް މީރާއިން ހާމަކޮށްފިއެވެ.
Advertisement

މީރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ޑިޕާޗާ ޓެސްއާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދައުލަތަށް ލިބިފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން ފުރަތަމަ 6 މަހު ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 879 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 48 ޕަސަންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 594 މިލިއަން ރުފިޔާއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަހު ލިބިފައިވަނީ 885 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 46 ޕަސަންޓުގެ ކުރިއެރުމެކެވެ.

ޑިޕާޗާ ޓެސްއަކީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހެކެވެ. މި ޓެކްސް ނަގަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެންނެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ. އެއާޕޯޓުން ނެގޭ މި ދެ ފީއަކީ ދައުލަތަށް ލިބޭ އާމްދަނީގެ މުހިންމު ބައެއްކަން މީރާގެ ތަފާސްހިސާބުތަކުން ހާމަވެއެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް