
މިއަދު ހެނދުނުން ފެށިގެން މެންދުރަށް ޔެލޯ އެލާތް ނެރުމަފަހު އަނެއްކާވެސް މެންދުރުން ފެށިގެން ހަވީރަށް އެލާތްގެ ވަގުތު އިތުރުކުރިއެވެ. އަދި މިހާރު މެޓް އޮފީހުން ވަނީ މި އެލާޓްގެ ވަގުތު މިރޭ 22:00 އާއި ހަމައަށް ދަންމާލާފައެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ފ އަތޮޅުގެ ނިޔަލަށެވެ. އެ އެލާޓްގައި ބުނީ ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ، އދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އެ އިދާރާއިން ބުނީ ކަނޑުތައް ވަރަށް ގަދަވާނެކަމަށެވެ.
މެޓް އޮފީހުން ބުނީ އަންނަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެ ސަރަަހައްދަށް ވަރަށް މޫސުން ގޯސްކަމަށެވެ. އެގޮތުން ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށެވެ.
ވައިގަދަވާއިރު ވިލާ ގަނޑުގައި އިތުރަށް ގަދަވާނެކަމަށާއި ކަނޑުތަކުގެ އިތުރުން ކަނޑު އޮޅިތައް ގަދަވެފައި ވިލާގަނޑު އިތުރަށް ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.