
ރާއްޖޭގައި އަލަށް އެއަރޯ ބްރިޖު ޓެސްޓުކުރުން
ޓާމިނަލް ހުޅުވާ ރޭ ދޮޅު ގަޑިއިރަށް ވައިގެ ސަރަހައްދު ބަންދު
މުހައްމަދު އާދަމް އަހްމަދު
20 ޖުލައި 2025 - 14:37:16
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ހަރަކާތްތައް މާލެ ސަރަހައްދުގައި ބާއްވާ ވަގުތާ ދިމާކޮށް ދޮޅުގަޑިއިރަށް އެ އެއާޕޯޓުގެ ވައިގެ ސަރަހައްދު ބަންދުކުރަން ނިންމައިފި އެވެ.
އާ ޓަމިނަލް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ. އެއާޕޯޓް ހުޅުވުމަށް ވަރަށް ކުލގަދަ ރަސްމިއްޔާތެއް ބާއްވަން އެމްއޭސީއެލުން ވަނީ ނިންމާފައެވެ.
އެމްއޭސީއެލުން ބުނީ އާ ޓާމިނަލް ހުޅުވާރޭ 8:30 އިން ފެށިގެން 10 ޖަހަންދެން ވީއައިއޭގެ ވައިގެ ސަރަހައްދު ބަންދުވާނެ ކަމަށެވެ.
އެ ގަޑީގައި ރަސްމިއްޔާތު ބާއްވަން ނިންމީ އެ ވަގުތަކީ އާންމުކޮށް ރާއްޖެއަށް ފްލައިޓު ނުޖައްސާ ގަޑިއަކަށް ވާތީ ކަމަށް އެމްއޭސީއެލުން ބުނެއެެ. އެ ގަޑީގައި ވައިގެ ސަރަހައްދު ބަންދުވި ނަމަވެސް އެއާޕޯޓުގެ އެހެނިހެން އާންމު އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
އެއާޕޯޓް ހުޅުވުމަށް ހަވާއެރުވުމާއި ޑްރޯން ޝޯއެއް އޮންނާނެކަމަށް އެމްއޭސީއެލުން ބުނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް