ads
އާ ޓަަމިނަލް ހުޅުވަން ރޭ އެރުވި ހަވާގެ ތެރެއިން
އާ ޓާމިނަލް ހުޅުވަން އެރުވި ހަވާ ދުނިޔޭގެ ރެކޯޑު ފޮތަށް
ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވަން އެރުވި ހަވާ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.
Advertisement

ވެލާނާ އެއާޕޯޓް ހުޅުވަން ރޭ އެރުވި ހަވައަކީ ރާއްޖޭގައިވެސް މިހާތަނަށް އެންމެ ބޮޑުކޮށް އެރުވި ހަވައެވެ. 

އެމްއޭސީއެލުން ބުނީ ރޭ އެއާޕޓް ހުލުވަން އެރުވި ހަވާ ގިނީސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދީ 19 ތަނެއްގައި އެއް ފަހަރާ، 'ސިންކްރޮނައިޒްޑް'ވާ ގޮތަށް ހަވާ އެރުވުމުންކަމަށެވެ. 

އެމްއޭސީއެލުން ބުނީ ހަވާގެ ހަރަކާތް ގިނީސް ވޯލްޑް ރެކޯޑު ފޮތަށް އަރައި އެކަމުގެ ލިޔުން މިހާރު ލިބިފައިވާކަމަށާއި އެލިޔުން ހަވާލުކުރީ އާ ޓާމިނަލްގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައިކަމަށެވެ. އަދި ރޭގެ ހަވާއެރުވުން ރެކޯޑު ފޮތަށް އެރުވުމަށް 'ހެކިން'ގެ ގޮތުގައިވެސް ގިނީސް ވޯލްޑް ރެކޯޑުން ބަޔަކު ބައިވެރިވިކަމަށްވެސް އެމްއޭސީއެލުން ވަނީ ބުނެފައެވެ. 

ރޭ އެރުވި ހަވާ ބަލާލަން ގިނަ ބަޔަކުވަނީ ނުކުމެފައެވެ.

your imageއާ ޓާމިނަލް ހުޅުވުމަށް ރޭ އެރުވި ހަވާ ބަލާލަން ގިނަ ބަޔަކު ވަނީ ނުކުމެފައި 

އެއާޕޯޓް އާ ޓާމިނަލް ހުޅުވުމަށް ރޭ ބޭއްވި ހަވާ އެރުުމުގައި މާލެ ވަށައިގެން 19 ސަރަހައްދަކުން 6 މިނެޓް ވަންދެން ހަވާ އަރުވާފައިވެއެވެ. އަދި ޑްރޯން ޝޯއެއްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ. 

ޓާމިނަލް ހުޅުވުމަށް ބޭއްވި ޑްރޯން ޝޯގައިވަނީ ރާއްޖޭގެ މިނިވަންކަން ދައްކުވައިދޭ ބައެއް މަންޒަރުތައް ދައްކާލާފައެވެ. އެގޮތުން އިންގިރޭސިންގެ އަތުން ރާއްޖެ މިނިވަންވުމަށް ސޮއިކުރި އެއްވަސްވުމުގައި ސޮއިކުރި މަންޒަރުވެސް ޑްރޯންތަކުން ވަނީ ދައްކާލާފައެވެ. މީގެއިތުރުން ރާއްޖޭގެ ރަށްތަކުން ފެންނަ މަންޓާރޭ އާއި ރާއްޖޭގެ ދަތުރު ފަތުރުކުރުމުގެ ނިޒާމުގައި ބޭނުން ކުރާ އުޅަނދުތައްވެސް ވަނީ ދައްކާލާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް