ads
އެފްއައިޔޫގެ އާ ވެރިއަކަށް އައްޔަން ކުރެއްވި އިސްމާއީލް ސާޖިދު--
އެފްއައިޔޫގެ ވެރިޔާގެ މަގާމުން އަޝްރަފް ވަކިކޮށް، ސާޖިދު އައްޔަންކޮށްފި
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް އެ މަގާމުން ވަކިކޮށް، އެ މަގާމަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފި އެވެ.
Advertisement

އެމްއެމްއޭއިން ބުނީ ސާޖިދު އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށެވެ.

ކުރިން އެ މަގާމުގައި ހުރި އަޝްރަފް ރިސްކް އެންޑް ކޮމްޕަލަޔަންސްގެ ވެރިއަކަށް ބަދަލުކުރީ، އެމްއެމްއޭއިން ބުނާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ އަޝްރަފަކީ ފައިނޭންޝިއަލް އިންޓެލިޖެންސްގެ ދާއިރާއިން މަތީ ތައުލީމާއި ތަޖުރިބާ ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އޭނާއަކީ ގާނޫނީ ވަކީލެއްވެސް މެއެވެ.

ކުއްލި ގޮތަކަށް އަޝްރަފް މަގާމުން ދުރުކޮށްފައިވާއިރު, ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) މެދުވެރިކޮށް ޝުޖާއަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ގޮތުގެ ތަފުސީލުތައް ހިމެނޭ އެފްއައިޔޫގެ ރިޕޯޓު މި ފަހުން ވަނީ މީސްމީޑިއާގައި ލީކުކޮށްލައިފައެވެ. އެ ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކްސް އެކައުންޓް 'ހަސަން ކުރުސީ'އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ބަލަމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް