
މިއަދު މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރުމަށް އިގުތިސާދީ ކޮމިޓީއަށް ފޮނުވާފައިވެއެވެ.
ރައީސް އޮފީހުން ފޮނުއްވި ސިޓީގައިވާ ގޮތުން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑުގެ ހަތަރު މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ. މި މަގާމުތަކަށް މެންބަރުން ހޯދުމަށް އާންމުކޮށް އިއުލާން ކުރުމަށްފަހު، އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ނަންތައް ވަނީ އިސްކަންދޭ ތަރުތީބުން ހުށަހަޅުއްވާފައެވެ.
ރައީސް ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި މުހައްމަދު އިމްތިނާން ސައުދުﷲ، އިސްމާއީލް ހަމްދޫން، އާއިޝަތު ޝަޒްރާ، އިދުހާމް ހުސައިން، އުމަރު އަހުމަދު ހުސައިން، މުހައްމަދު އަހުމަދު، މުމްތާޒް އަބްދުއްރަޝީދު، މަރްޔަމް ޖުވައިރިއްޔާ، އަހުމަދު މައުސޫމް، އަހުމަދު ނަޒީހު މުހައްމަދު، ހުޝާމް ވަހީދު، މަރްޔަމް ޝައްފައު ޝަރީފު، އަބްދުﷲ މިފްރާޒް ނިޒާރު އަދި އަހުމަދު އަލީ ހިމެނެއެވެ.