ads
އާ ޓާމިނަލް ޖައްސާ ފުރަތަމަ ފްލައިޓްގެ ކެބިން ކުރޫން ދިވެހި ހެދުމުގައި
އަންނަ އަހަރު ރާއްޖެއަށް 2.4 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރާނެ
އަންނަ އަހަރު ރާއްޖެއަށް 2.4 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރާނެ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ރިޕޯޓެއްގައި ފާހަގަކޮށްފައިވެއެވެ.
Advertisement

މިއީ މިއަހަރު ޒިޔާރަތްކުރާނެ ކަމަށް ލަފާކުރާ 2.2 މިލިއަން ޓޫރިސްޓުންނާ އަޅާބަލާއިރު އިތުރުވާ އަދަދެކެވެ.

އެމްއެމްއޭއިން މެއި 2025 ގައި ތައްޔާރުކުރި ފޯކާސްޓްތަކުން ދައްކާގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލްގެ ހުރިހާ ހިދުމަތެއް ބޭނުންކުރަން ފެށުމުން ފަތުރުވެރިކަމަށް ކުރާ ހެޔޮ އަސަރު ބޮޑަށް ފެންނަން ފަށާނީ 2026 ވަނަ އަހަރުއެވެ. މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,108,130 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 9.1 ޕަސަންޓު އިތުރު އަދަދެކެވެ.

އެމްއެމްއޭއިން މީޑިއާއަށް ފޮނުވި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު 6,892,533 އަށް އަރާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 1.2 ޕަސަންޓު އިތުރު އަދަދެކެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއަރަމުން އަންނަކަން މި ތަފާސްހިސާބުތަކުން ދައްކައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް