ads
އެމްއެމްއޭ މައި އޮފީސް
ބޭންކް ކާޑަށް ބަރޯސާވުން ނިމުމަކަށް: ފަވަރަ މެދުވެރިކޮށް ނެޝަނަލް ކިއުއާރް ކޯޑެއް
ބޭންކް ކާޑު ބޭނުން ނުކޮށް ފަސޭހައިން އަދި އަވަހަށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ނެޝަނަލް ކިއުއާރް ކޯޑެއް ފަވަރަ މެދުވެރިކޮށް ތައާރަފް ކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމައިފިއެވެ.
Advertisement

މި ހިދުމަތް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެ، އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" ގެ ތެރެއިން މި ހިދުމަތް ދޭން ނިންމާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ނެޝަނަލް ކިއުއާރް ކޯޑު ތައާރަފްކުރުމުން ހުރިހާ ވެންޑަރުންނަށް ވެސް ކާޑުގެ ބަދަލުގައި އެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށާއި، މި ހިދުމަތް ބޭނުން ކުރުމުން ބޭންކް ކާޑުތަކުން ފައިސާ ދައްކާއިރު މިހާރު ނަގާ ފީ ނުނަގާނެ ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ. މިހާރު ކާޑުން ފައިސާ ދެއްކުމުން ވިޔަފާރިތަކުން 2.5 ޕަސަންޓުގެ ފީއެއް ދައްކަން ޖެހެއެވެ. 

ނެޝަނަލް ކިއުއާރް ކޯޑުގެ ހިދުމަތް ދިނުމަށްޓަކައި ރާއްޖޭގެ ބޭންކްތަކާ ގުޅިގެން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށާއި، މި ހިދުމަތާ އެކު ކިއުއާރް ކޯޑު ސްކޭން ކޮށްގެން އިންޑިއާއަށް ވެސް ޕޭމެންޓް ހެދޭނެ ކަމަށާއި، އިންޑިއާގެ ޕޭމެންޓް ސިސްޓަމް ޔޫޕީއައި އާ އިންޓަގްރޭޓްކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. މީގެ އިތުރުން، މިކަމަށް ޕޭމަންޓް ސިސްޓަމުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން އެމްއެމްއޭ އިން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް