ads
ވެލާނާ އެއާޕޯޓުގައި މީހަކަށް ހިދުމަތް ދެނީ: ފޮޓޯ ވީއައިއޭ
ވެލާނާ އެއާޕޯޓުން 6 މަސް ތެރޭ 4.1 މިލިއަން ދަތުރުވެރިންނަށް ހިދުމަތްދީފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި 4.1 މިލިއަނަށްވުރެ ގިނަ ދަތުރުވެރިންނަށް ހިދުމަތްދީފައިވާ ކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
Advertisement

އެމްއޭސީއެލްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ވެލާނާ އެއާޕޯޓުން ހިދުމަތް ހޯދި ދަތުރުވެރިންގެ އަދަދަކީ 4,108,845 އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4 ޕަސަންޓުގެ އިތުރުވުމެކެވެ. މި ދަތުރުވެރިންގެ ތެރެއިން ބައިނަލްއަގުވާމީ ދަތުރުތައް ކުރި 2,669,969 ދަތުރުވެރިންނާއި، އެތެރޭގެ ދަތުރުތައް ކުރި 579,079 ދަތުރުވެރިންނާއި، ސީޕްލޭންގެ ދަތުރުތައް ކުރި 859,797 ދަތުރުވެރިން ހިމެނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ މި ސަރަހައްދުގައި އޮތް އެންމެ ބިޒީ އެއާޕޯޓެވެ. އަދި އެ އެއާޕޯޓުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އައު ޓާމިނަލް ޖުލައި 26 ވަނަ ދުވަހުއެވެ. މި އައު ޓާމިނަލާއެކު އަހަރެއްގެ ތެރޭގައި 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވިގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް