ads
10ހާސް ޓަނުގެ ފެން ޕްލާންޓް ހުންނަ އިމާރާތުގެ މަސައްކަތް ފެށުމުގެ ތެރެއިން
10ހާސް ޓަނުގެ ފެން ޕްލާންޓެއް އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ހަދަނީ
މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހުޅުމާލޭގައި ހަދާ 10 ހާސް ޓަނުގެ ފެން އުފައްދާ ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
Advertisement

މި އިމާރާތުގެ ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ފައްޓާ ދިނީ އެކުންފުންޏަށް 29 އަހަރަށްވުރެ ގިނަދުވަހު ހިދުމަތްކުރި 10 މުވައްޒަފުންނާއި، މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދާއި ކުންފުނީގެ ބޯޑު މެންބަރުންނެވެ.

މި އިމާރާތުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ނިންމުމަކީ އަމާޒެއްކަމަށް އެމްޑަބްލިޔުއެސްސީ ބުނެއެވެ. މި އިމާރާތުގެ މަސައްކަތް ނިމުމާއެކު، ދުވާލަކު 5000 ޓަނުގެ ފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް މިތަނުގައި ބެހެއްޓުމުގެ މަސައްކަތް ފަށާނެކަމަށް އެމްޑަބްލިޔުއެސްސީ ބުނެއެވެ.

your image10ހާސް ޓަނުގެ ފެން ޕްލާންޓް ހުންނަ އިމާރާތުގެ މަސައްކަތް ފެށުމުގެ ތެރެއިން

މި ފެން ޕްލާންޓަކީ މާލެ އާއި ހުޅުމާލޭގެ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެމްޑަބްލިޔުއެސްސީ ބުނެއެވެ. އަދި އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށްވެސް އެމްޑަބްލިޔުއެސްސީ ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް