ads
އިދިކޮޅު ކޯލިޝަން
ހޯމް މިނިސްޓަރު އިމްރާނަށް އިދިކޮޅު ކޯލިޝަންގެ ސިޓީއެއް
މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނުގައި ޖަލު ގޮޅިތަކުގައި ތިބި ގައިދީން ނެރެ ޗެކުކުރުމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް އިދިކޮޅު ކޯލިޝަނުން ސިޓީއެއް ފޮނުވައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ  ފަހަކަށް އައިސް ޖަލުތަކުގައި ތިބޭ ގައިދީންގެ މެދުގައި ހަމަނުޖެހުން ހިނގައި އޮފިސަރުންނަށް އިންޒާރުދޭ ކަމުގެ މައުލޫމާތު ލިބެމުންދާކަމަށެވެ.

އެގޮތުން މާފުށީ ޖަލުގައި އެސްއޯ ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނުގައި އެތަނުގެ ގޮޅިތަކުގައި ތިބި ގައިދީން ނެރެ ބަލާ ފާސްކޮށްފައިވާކަން ފާހަގަކޮށް ސިޓީގައި ބުނެފައިވަނީ އެކަމުގެ މައުލޫމާތު ކަމާ ގުޅޭ އިދާރާތަކުން ހިއްސާކޮށްފައިނުވާކަމަށާއި ހޯމް މިނސްޓަރަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާކަމަށެވެ، 

"އެސްއޯ ފުލުހުން މާފުށީ ޖަލުގެ ގޮޅިތަކުން ގައިދިން ނެރެ ގޮޅިތަކާއި ގައިދީން ބަލާ ފާސްކޮށްފައިވާކަމަށްވެސް މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް މިކަމުގެ އިތުރު އެއްވެސް ތަފްސީލެއް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ނުވަތަ މޯލްޑިވްސް ޕޮލިސްސާވިސް އިން ވެސް ދެއްވާފައިނުވާކަން ދަންނަވަމެ އެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މަނިކުފާނާއި ގުޅުމަށް މަސައްކަތްކުރި ނަމަވެސް މަނިކުފާނު ފޯނަށް ޖަވާބު ދެއްވާފައިނުވާކަން ދަންނަވަމެ އެވެ." އިދިކޮޅު ކޯލިޝަންގެ ސިޓީގައި ވެއެވެ.

އަދި ރައީސް އަބްދުﷲ ޔާމިން ޖަލު ހުކުމެއްގައި މާފުށީ ޖަލުގައި ހުންނަވަނިކޮން، އެތަނުގައި ހަމަނުޖެހުން ހިނގުމަކީ ކޯލިޝަނުން ކަންބޮޑުވާކަމެއްކަމަށާއި ޖަލުގައި ފުލުހުންގެ އޮޕަރޭޝަނެއް ހިންގުމަކީވެސް ތަނުގެ ރައްކާތެރިކަމާމެދު ކަންބޮޑުވާކަމެއްކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

"ޖަލުގައި އެމަނިކުފާނު ހުންނަވަނިކޮށް، އެތަނުގައި ހަމަނުޖެހުން ހިނގުމާއި، ފުލުހުންގެ އޮޕަރޭޝަންތައް ހިނގުމަކީ މި ކޯލިޝަނުން ކަންބޮޑުވުން އޮތްކަމެއްކަމުގައި ދަންނަވަމެވެ. އަދި އެފަދަ އޮޕަރޭޝަންތައް ހިންގަނީ ޖަލުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް ހުރަސް އެޅިގެންދާ ހާލަތެއްގައިކަމަށްވެސް މިކޯލިޝަނުން ގަބޫލުކުރަމެވެ." ކޯލިޝަނުން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ބުނެފައިވަނީ ރައީސް ޔާމިނަށް ކަފާލާތުގެ ފުރުސަތު ދީފައިނުވުމުން އެނގޭކަމަކީ އެމަނިކުފާނަށާއި އެ އައިލާއަށް ސަރުކާރުން އަނިޔާވެރި ވަމުންދާކަންކަމަށް ގަބޫލުކުރެވޭކަމަށް ސިޓީގައި ބުނެފައިވެ އެވެ. އަދި ރައީސް ޔާމީނަސް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށް އެމަނިކުފާނު ގެޔަސް ބަދަލުކޮށްދިނުމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް