
ފަލާހު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށައަޅާފައިވާ ޒަކާތުގެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ ދުނިޔޭގައި މުދާ ހޯދާ މުދާ ފޮރުވައިގެން ދީނީ ގޮތުން ކުރަންޖެހޭ ކަންކަން ނުކޮށް އުޅެވިދާނެކަމަށެވެ. އެހެންނަމަވެސް ދުނިޔެއަކީ ތާ އަބަދަށް ދިރި ތިބެވޭނެ ތަނެއް ނޫންކަން ފާހަގަކޮށް ޒަކާތް ނުދައްކާ މިއަދު އުޅެފައި މާދަމާ ދާން އޮތް ދުނިޔޭގައި ކަންކަން ވެދާނެ ގޮތާއި މެދު ސުވާލު ނުއުފެދޭތޯ ފަލާހު ވަނީ ސުވާލުކުރައްވާފައެވެ.
ފަލާހް ވިދާޅުވި އެމްޑީޕީ މީހުންގެ ވިސްނުން ހުންނަނީ މާ ނުބައި ވައްތަރަކަށްކަމަށެވެ. އަދި އެމްޑީޕީން މެމްބަރުން ޒަކާތާއި ދެކޮޅަސް ވާހަކަ ދައްކާކަމަށް ވިދާޅުވެ ފަލާހު ވިދާޅުވީ އެމްޑީޕީ މެމްބަރުން ހޮވި ރައްޔިތުންވެސް ދެން އެމީހުން ދެވަނަ ދައުރަކަށް ނުހޮވާނެކަމަށެވެ.
އެހެންނަމަވެސް ޒަކާތުގެ ބިލަށް ވާހަކަ ދެއްކި އިދިކޮޅު މެމްބަރުންވެސް ވަނީ ބިލަށް ތާއިދުކޮށް ވާހަކަ ދައްކާވައެވެ. އޭގެތެރެއިން ބައެއް މެމްބަރުން ވިދާޅުވީ މިރާ އޮންނައިރު ޒަކާތައް ވަކި ބަޔަކު ހާއްސަނުކޮށް އެތަނަށް ފައިސާ ދައްކަންޖެހޭ ގޮތަށް ބޭއްވުން ރަނގަޅުކަމަށެވެ.
ޒަކާތުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށައެޅީ ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައިކަމަށެވެ.