
މި ފުރުސަތު ހުޅުވާލާފައިވަނީ ރަޖިސްޓަރީކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕްތަކަށެވެ.
މީދޫއިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަކީ 1,030 އަކަފޫޓާއި 15,500 އަކަފޫޓާ ދެމެދުގެ ބޮޑުމިން ހުރި ބިންތަކެކެވެ. މި ބިންތައް ދޫކުރަނީ އާންމު ވިޔަފާރި، ރެސްޓޯރަންޓް، އައްޑޫ އުފެއްދުންތައް، ރީޓެއިލް ޝޮޕް، ހޯލްސޭލް ސަރވިސް ސެންޓަރު އަދި ލައިޓް އިންޑަސްޓްރިއަލް ކާރޕެންޓްރީ ފަދަ ބޭނުންތަކަށެވެ.
ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 300 ރުފިޔާގެ ނޮން-ރިފަންޑަބަލް ފީއެއް ދައްކަންޖެހޭނެއެވެ. ބީލަމަށް ރަޖިސްޓަރީވުމުގެ މުއްދަތު 17 އޯގަސްޓް 2025 އިން 01 ސެޕްޓެމްބަރު 2025 އަށް ހަމަޖެހިފައިވާއިރު، ބީލަން ހުށަހެޅުމުގެ ފަހު ތާރީހަކީ 16 ސެޕްޓެމްބަރު 2025 ވާ އަންގާރަ ދުވަހެވެ. އިތުރު މައުލޫމާތު ހޯދުމަށް 6885003 ނަންބަރަށް ރަސްމީގަޑީގައި ގުޅުމަށް ކައުންސިލުން ބުންޏެވެ.