ads
މައީދު---ފޮޓޯ:ވަން އޮންލައިން
ނަފްސާނީ ގޮތުން އުނދަގޫ ވާނަމަ 1425 އަށް ގުޅާ!
ނަފްސާނީ ގޮތުން އެއްވެސް އުނދަގުލެއް ވާނަމަ 1425 އަށް ގުޅުމަށް އެދިއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހާއްސަކޮށްފައިވަނީ ނަފްސާނީ ކަންކަމާ ގުޅެގޮތުންނެވެ. އެގޮތުން ކޮވިޑާއި ގުޅިގެން ނަފްސާނީ މައްސަަލަތައް ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އާރިފު މުހައްމަދު ވަނީ ވިދާޅުވެފައެވެ.

ޑރ. އާރިފް ވިދާޅުވިގޮތުގައި ނަފްސާނީ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަހަތައް ޖެހިގެން ނުވާނެއެވެ. އެގޮތުން އެކަމަކީ ކޮންމެ އިންސާނަކަށް ވެސް ކުރިމަތިވެދާނެ ކަމެއް ކަމަށާއި އެހީތެރިކަން ހޯދުމަކީ ހަމައެކަނި ޑޮކްޓަރެއްގެ އެހީ ހޯދުން ނޫން ކަމަށާއި ހުރި ކަންބޮޑުވުންތައް ގާތް މީހަކާ ވެސް ހިއްސާކުރެވިދާނެ ކަމަށެވެ. 

އޭގެ އިތުރުން ހާސްވާ ޒާތުގެ ވާހަކަތައް އަބަދު އިވުން ރަނގަޅު ނޫން ކަމަށެށާއި ގޮތް ނޭންގޭ ވާހަކަތަކުގެ ތެރޭގައި އުޅުމަކީ ވެސް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެކަމެއް ކަމަށް ޑރ. އާރިފް ވިދާޅުވިއެވެ.

އެގޮތުން ސައިކޯ ސޯޝަލް ސަޕޯޓް ބޭނުންނަމަ 1425 އަށް ގުޅައިގެން އެހީތެރިކަން ލިބިދާނެ ކަމަށް ވެސް ޑރ. އާރިފު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް