ads
ދިރާގު ހެޑް އޮފީސް - ޓްވިޓަރ
ދިރާގު ޓީވީ އިން ރިމޯޓް އެޑިއުކޭޝަން އަށް މަގުފަހިކޮށްދިނުމަށް އެޑިއުކޭޝަން ޒޯނެއް
ދިރާގު ޓީވީ އިން ރިމޯޓް އެޑިއުކޭޝަނަށް މަގުފަހިކޮށްދިނުމަށް އެޑިއުކޭޝަން ޒޯނެއް ތައާރަފްކޮށްފި އެވެ.

ދިރާގުން ބުނީ ކޮވްޑް-19 ގެ ސަބަބުން ސްކޫލްތަކާ ކޮލެޖްތައް ބަންދުކޮށް ކިޔަވާކުދިން ތައުލީމު ހާސިލް ކުރުމަށްި ޖިޓަލް ވަސީލަތްތަކުގެ ބޭނުން ކުރިއަށްވުރެ އިތުރަށް ޖެހިފައިވުމާއި އެކު ރިމޯޓް އެޑިއުކޭޝަނަށް މަގުފަހިކޮށް ކިޔަވާކުދިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން ދިރާގު ޓީވީ ވީއޯޑީ ޕްލެޓްފޯމުގައި ހާއްސަ އެޑިއުކޭޝަން ޒޯނެއް "އެޑިއު ޒޯން"ގެ ނަމުގައި ގާއިމުކޮށްފައި ވާނެ ކަމަށެވެ. 

އެޑިއު ޒޯންގައި ހިމެނޭ ކޮންޓެންޓް ހޯދާފައިވަނީ ރާއްޖޭގެ މަޝްހޫރު އެޑިއުކޭޝަން ކޮންޓެންޓް ޑިވެލޮޕް ކުރާ ބައެއްކަމުގައިވާ ހޮލޯގޯއާ ގުޅިގެން ކަމަށާއި އެގޮތުން، ހޮލޮގޯ ވަނީ ދާދި ފަހުން ގޭގައި ތިބެގެން ކިޔެވުމަށް އެންމެ ރަނގަޅު އެޕެއް ކަމަށް އެޕަލް އިން ލިސްޓްކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ވެސް ހިމެނިފައި ކަމަށް ދިރާގުން ބުނެ އެވެ. 

މި ހިދުމަތް ދިރާގު ޓީވީ މެދުވެރިކޮށް އެއްވެސް އަގަކާނުލާ މެއި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އެޑިއު ޒޯންގެ ކޮންޓެންޓްތައް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ނުވަތަ ވީއޯޑީ ފީޗާއިން ޖޮއިބޮކްސް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ. 

އަަދި ގޭގައި ދިރާގު ޓީވީ ނުހުންނަ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ މޮބައިލް އެޕް، ޓެބްލެޓް ނުވަތަ މޯބައިލް ފޯނަށް އަޅާ ޔޫސާނޭމް އަދި ޕާސްވޯޑެއްގެ ގޮތުގައި “Play” ޖެހުމަށްފަހު މި ކޮންޓެންޓްތައް ބަލާލެވޭނެ ކަމަށާއި ދިރާގު ޓީވީ އެޕް ބޭނުން ކުރުމަށް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކްތަކަކުން އެއްވެސް ޑޭޓާ ޗާޖެއް ނުހިގާނެކަމަށް ދިރާގުން މައުލޫމާތު ދެއެވެ. 

މި ދުވަސްކޮޅާ ގުޅިން މި ކޮންޓެންޓްތައް ހިލޭ ކޮންމެ ކިޔަވާކުއްޖަކަށް ވެސް ބަލާލެވުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ ބޭނުމަކީ މިފަދަ ދަނޑިވަޅެއްގައިވެސް ސްކޫލް ކުދިންގެ ކިޔެވުމަށް ބުރޫނާރޭނެހެން، ބޭނުންތެރި ތައުލީމީ ކޮންޓެންޓް ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށް ދިރާގުން ފާހަގަކުރެ އެވެ.

ދިރާގުޓީވީ އަކީ މިހާރު ރާއްޖޭގައި ހުރި ހަމައެކަނި "އެޑިއުޓެއިންމެންޓް" ޕެލެޓްފޯމެވެ. 

އެޑިއުޒޯންގައި އައިޖީސީއެސްއީ ކަރިކިއުލަމްގެ މާއްދާތަކާ ގުޅޭ މުހިންމު ކޮންޓެންޓް އެކުލެވިގެންވާ އިރު، މީގެ ތެރޭގައި ވީޑިއޯ ފިލާވަޅުތަކުގެ އިތުރުން އޯގްމެންޓެޑް ރިއަލިޓީ ނުވަތަ އޭއާރް ޓެކްނޮލޮޖީ މެދުވެރިކޮށް ގެނެސްދޭ ބައެއް ފިލާވަޅުތައްވެސް ހިމެނޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. 

އެޑިއު ޒޯންގައި އެކުލެވިގެންވާ ކޮންޓެންޓް ހަދާފައިވަނީ ތައުލީމީ ދައިރާގެ ބޭފުޅުންގެ ލަފާގެ މަތިން ގްރޭޑް ހަޔަކުން 10 އަށް ކިޔަވާ ދަރިވަރުނަށް އަމާޒުކޮށްގެން ކަމަށާއި ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ކިޔަވާކުދިންނަށް ކޮންޓެންޓް ބަލާލެވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެކުންފުނިން ބުނެއެވެ. 

ދިރާގުން ބުނީ މި ފީޗާ ފަރުމާކުރެވިފައިވަނީ ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށްކަމަށާއި ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ " އޮން ޑިމާންޑް" ޖަހާފައިވާ ބަޓަން އަށް ފިއްތަވާލުމުން ވީޑީއޯ އޮން ޑިމާންޑް ކޮންޓެންޓްތައް ބަލާލެވޭނެ ކަމަށެވެ. 

ދިރާގުން ދަނީ އެޑި ޒޯންގައި ހިމެނޭ ކޮންޓެންޓްތައް އިތުރުކޮށް ފުރިހަމަކުރަމަށް މަސައްކަތްކުރަމުން ކަމަށް އެކުންފުނިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް