ads
އެމްޕީއެލްގެ މަސައްކަތެއްގެ ތެރެއިން
މިދިޔަ ހަފްތާތެރޭ 11617 ބަސްތާ ފިޔާ އެތެރެކޮށްފައިވޭ: އެމްޕީއެލް
މިދިޔަ ހަފްތާތެރޭ 11617 ބަސްތާ ފިޔާ ރާއްޖެ އެތެރެ ކުރެވިފައިވާ ކަމަށް މޯލިޑްވްސް ޕޯސްޓް ލިމިޓަޑް އިން ބުނެފި އެވެ.
Advertisement

އެ ކުންފުނިން މިކަން ހާމަ ކޮށްފައިވަނީ އެ ކުންފުނިން ކޮންމެ ހަފްތާ އަކު ނެރުމުން އަންނަ ހަފްތާ ރިޕޯޓްގައި އެވެ. 

އެ ރިޕޯޓްގައި އިތުރަށް ވާ ގޮތުން މިދިޔަ ހަފްތާ ތެރޭގައި 14540 ބިސް ކޭސް، 5415 ބަސްތާ ކަރާ، 5647 އަލުވި، 3672 ބަސްތާ ޓޮމާޓޯ އަދި 1819 ބަސްތާ އަލަނާސި އެތެރެ ކުރެވިފައިވާ ކަމަށެވެ. 

މީގެ އިތުރުން 2157 ބަސްތާ ކެބެޖް، 2087 ގަނޑު ދޮންކެޔޮ، 806 ބަސްތާ ބަރަބޯ، 539 ބަސްތާ ސްވީޓް މެލަންވެސް އެތެރެ ކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ 24 އޮގަސްޓުން - 30 އޮގަސްޓާ ދޭތެރޭ 20 ފޫޓުގެ 553 ކޮންޓެއިނަރު ކްލިއާރް ކުރެވިފައިވާ ކަމަށާއި 40 ފޫޓުގެ 403 ކޮންޓެއިނަރު ކްލިއާރް ކުރެވިފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް