ads
އިންޓަނޭޝަނަލް ފްލައިޓްތަކުގެ އަދަދު %5 އިތުރު
އިންޓަނޭޝަނަލް ފްލައިޓްތަކުގެ އަދަދު %5 އިތުރުވެއްޖެ
މި އަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއަށް އައި އިންޓަނޭޝަނަލް ފްލައިޓްތަކުގެ އަދަދު %5 އިތުރުވެފައިވާކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން އާންމުކުރި ރިޕޯޓަކުން ދައްކައިފިއެވެ.
Advertisement

މި މުއްދަތުގައި ޖުމްލަ 10،187 އިންޓަނޭޝަނަލް ފްލައިޓް ރާއްޖެއަށް ދަތުރުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 9،698 ގައެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

އެމްއެމްއޭގެ ރިޕޯޓުން އިތުރަށް ދައްކާ ގޮތުގައި ޝެޑިއުލްކުރެވިގެން ރާއްޖެއަށް ދަތުރުކުރި އިންޓަނޭޝަނަލް އެއަރލައިންތަކުގެ ދަތުރުތައްވެސް ވަނީ ފަހުން ރަނގަޅުވެފައެވެ. މި އަހަރުގެ މި މުއްދަތުގައި 9،358 ޝެޑިއުލް ދަތުރު ކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވަނީ 8،866 ދަތުރެވެ. މިއީ %5.5 އިތުރުވުމެކެވެ. ނަމަވެސް ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ޖެޓްތައް ހިމެނޭ ޖެނެރަލް ފްލައިޓް މޫވްމަންޓްސް ވަނީ ކުޑަ ދަށްވުމެއް ދައްކާފައެވެ. މި އަހަރުގެ ފުރަތަމަ 7 މަސްދުވަހު 829 ޖެނެރަލް ފްލައިޓް މޫވްމަންޓްސް ފެނުނުއިރު، މިދިޔަ އަހަރު މި އަދަދު ހުރީ 832 ގައެވެ.

އިންޓަނޭޝަނަލް ފްލައިޓްތަކުގެ އަދަދު އިތުރުވެފައިވުމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އާލާވަމުންދާ ކަމުގެ ހެތްކެކެވެ. ރާއްޖެއަށް ދަތުރުކުރާ ގިނަ އެއަރލައިންތަކަކުން ދަނީ އެމީހުންގެ ޝެޑިއުލް ދަތުރުތައް އިތުރުކުރަމުންނެވެ. މި އަހަރު މިހާތަނަށް ރާއްޖެއަށް 1.5 މިލިޔަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.7 އިތުރު އަދަދެކެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް