ޖިނާއީ ބޮޑެތި ތުހުމަތުތަކަކާއެކު ހައްޔަރުކޮށް، ޝަރިއަތް ނިމެންދެން ބަންދުކޮށްފައިވާ، ޝައްމާންގެ މައްޗަށް ކުރެވުނު ތުހުމަތުތަކަކާއެކު އޭނާ ހުރީ ވާނުވާ ބަންދުގައެވެ.
އެ މައްސަލަތަކުގެ ޝަރީއަތް މިދިޔަ ޖޫން މަހު އޮތީ ފެށިފައެވެ.
ޝައްމާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރެއެވެ. ޝައްމާންގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯޑްރިންގެ ކުށުގެ ދައުވާއެވެ.