ads
ދިރާގާއި ހޮޓެލިއާ މޯލްޑިވްސްގެ އޮފިޝަލުން. - ފޮޓޯ/ދިރާގު
ދިރާގުން ހޮޓެލިއާ މޯލްޑިވްސް ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށް
އަންނަ މަހުގެ 13، ގައި ބާއްވާ ދިރާގުން ޖީއެމް ފޯރަމް 2025ގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ހޮޓެލިއާ މޯލްޑިވްސްއާއެކު ސޮއިކޮށްފި އެވެ.
Advertisement

މި އަހަރުގެ ފޯރަމްގެ މައުލޫ ކަމަށްވާ "ޑިޖިޓަލައިޒޭޝަން އެންޑް އެކްސްޕޭންޑިން އެކްސްޕީރިއަންސެސް"ގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި އަންނަމުންދާ ބަދަލުތަކަށް އަލިއަޅުވާލައި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަތުރުވެރިންނަށް ފޯރުކޮށްދޭ ތަޖުރިބާތައް އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްގެންދާނެ އެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސާ، އަލީ ރިޔާޒް ވިދާޅުވީ ޑިޖިޓަލް ވަސީލަތްތަކާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހިދުމަތްތައް ފޯރުކޮށްދޭ ގޮތްތައް ބަދަލުވެ، ފަތުރުވެރިންނަށް ދޭ ހިދުމަތްތައް އިތުރަށް ހަލުއިކޮށް، އެ ފަތުރުވެރިއަކަށް ހާއްސަ ހިދުމަތްތައް ދިނުމުގެ މަގު ވަނީ ފަހިވެފައި ކަމަށެވެ.

"ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، މި ސިނާއަތް އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުކައި ހޮޓެލިއަރ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ޖީއެމް ފޯރަމްއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" އޭނާ ވިދާޅުވި އެވެ.

އެ ފޯރަމްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ލީޑަރުން އެއްތަނަކުން ފެނިގެންދާނެ އެވެ. ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ ކީނޯޓް ސްޕީޗްތަކާއެކު ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގުން އަންނަނީ ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށް އެންމެ ކުރީ ސަފުގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީ، މި ދާއިރާގެ މަސައްކަތްތަކަށް ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް