ads
ނަރުދޫ---
ނަރުދޫއިން ޕޮޒިޓިވްވި މީހުން ދޮނަކުޅި ކަރަންޓީން ފެސިލިޓީއަށް ބަދަލުކުރަނީ
ށ. ނަރުދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ދޮންކުޅި ރިސޯޓުގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ ނަރުދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ނަރުދޫގައި ތިބުމަށްފަހު މިހާރު ދޮންކުޅި ރިސޯޓުގައި ހަދާފައިވާ ކަރަންޓީނު ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ރޭވިގެން ކުރިއަށް ދާކަމަށެވެ.

އޭގެ އިތުރުން ފަރުކޮޅު ކަރަންޓީނު ފެސިލިޓީގައި ތިބި މީހުން، އެތަނުގައި ދިމާވި މައްސަލަތަކަކާ ގުޅިގެން އެމީހުން ބަނޑޮހަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

ނަރުދޫއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުން ކަރަންޓީނު ފެސިލިޓީތަކަށް ގެންދިއުމުގައި ލަސްވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަމާޒުބޯޓުން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހެއްގެ ގޮތުގައި އެ ބޯޓުގެ ކެޕްޓަން ފެނިގެން ގޮސްފައި ވާއިރު، ކެޕްޓަންގެ އާއިލާގެ ފަސް މީހަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. 

އެ ބޯޓުގެ ފަޅުވެރިންގެ ތެރެއިން ބަޔަކުވެސް ނަރުދޫ އިން ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު، އެ ބޯޓުން ދަތުރު ކުރި ށ. މިލަންދޫ އަށް ނިސްބަތްވާ މީހަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް