ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން--
މަރުވި މީހާއާ މެދު އިހުމާލެއް އޮތްތޯ ބަލަނީ
ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް މަރުވި މީހާއަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިހުމާލެއް އޮތްތޯ ބައްލަވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މަރުވި އަންހެން މީހާއަކީ އުމުރުން 83 އަހަރުގެ މީހެކެވެ. އޭނާ މަރުވީ އިރުއޮއްސި 7:30 ހާއިރު އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 126 ވަނަ މީހާ ކޮންޓެކްޓްވި މި މީހާ މަރުވުމާއި ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މި ކޭސްއާ ގުޅިގެން ކަންކަން ހިނގާދިތޔަގޮތް ބައްލަވާނެ ކަމަށެވެ. 

އޭގެ އިތުރުން މިނިސްޓަރު ވަނީ މިކަމާ ގުޅިގެން މީހުން ކަރަންޓީނު ކުރުމާއި، ސާމްޕަލް ނެގުމާއި އަދި ޓެސްޓު ކުރުމުގެ އެސްއޯޕީތަކަށް ބަދަލު ގެންނަންޖެހޭނަމަ އެކަންވެސް ކުރާނެ ކަމަށް ވިދަޅުވެފަ އެވެ. 

ދުވަސްވީ މީހާ ދިރިއުޅުނު ގެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއެކު އެގޭ އޮތީ މޮނިޓަރިންގަ އެވެ. މިހެންވެ އެންމެ އެކަށީގެންވަ ގޮތުގައި ފަރުވާދެވިފައި ނުވާ ކަމަށް އާއިލާއިން ތުހުމަތު ކުރިޔަސް ޑޮކްޓަރުން ވަނީ އެމީހައަށް އެކަށީގެންވާ ގޮތެއްަގައި މަސައްކަތް ކުރެވުން ކަަމަސް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް