ads
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް- ފޮޓޯ: ރައީސް އޮފީސް
ނިއުޕޯޓް މައްސަލައިގައި ބަންޑާރަ ނާއިބާ މިއަދު މަޖިލީހުގައި ސުވާލުކުރަނީ
ނިއުޕޯޓު ރެސްޓޯރަންޓު ހިންގި ސްޓްރާޑާ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ ސިވިލް ކޯޓުން އިސް ނަގައިގެން ކުރިއަށްގެންދިޔަ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން އެދިގެން ބާތިލުކުރި ކުރުމާ ގުޅޭ ގޮތުން، މަޖިލީހުގައި މިއަދު ބަންޑާރަ ނާއިބާ ސުވާލު ކުރަން ތާވަލުކޮށްފިއެވެ.
Advertisement

ސިވިލް ކޯޓުން 2019 ވަނަ އަހަރު ކުރި މި ހުކުމް، ތަންފީޒު މަރުހަލާގައި އޮއްވާ ބާތިލު ކުރީ ދައުލަތުން އެދިގެންނެވެ. މި ކަމާ ގުޅޭ ގޮތުން، މަޖިލީހުގައި ބަންޑާރަ ނާއިބާ ސުވާލު ކުރަން ހުށަހެޅުއްވީ، އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާންއެވެ. މި ސުވާލު ކުރުން، މިއަދުގެ ޖަލްސާގެ ދެވަނަ ސުވާލުގެ ގޮތުގައި އޮތީ ތާވަލުކޮށްފައެވެ.

ލޮނުޒިޔާރަތްކޮޅުގައި ހެދި ބްރިޖް ބަލާ ޕްލެޓްފޯމާއި އެތަނުގައި ހުރި ނިއުޕޯޓު ރެސްޓޯރަންޓު ހިންގި ތަން ސަރުކާރުން އަތުލުމާ ހަމައަށް ނުދައްކާ އޮތް ކުލީގެ ފައިސާއަށްވާ 1.4 މިލިއަން ރުފިޔާ ދައްކަން ސްޓްރާޑާ ކުންފުނީގެ މައްޗަށް ކޯޓުން ހުކުމް ކުރީ ސެޕްޓެމްބަރު، 2019، ގަ އެވެ. އެ ހުކުމަށް، 2021 ވަނަ އަހަރު ހައިކޯޓުންވެސް ތާއީދުކުރިއެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުންވެސްވަނީ އެ ހުކުމް ދަމަހައްޓާފައެވެ. 

ފަހުން އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުން ސިވިލް ކޯޓުގައި ފެށިފައިވަނިކޮށް، މައްސަލަ ބާތިލުކުރީ ދައުލަތުން އެދިގެންނެވެ.

ސިވިލް ކޯޓުން ސެޕްޓެމްބަރު 26، 2019، ގައި ހުކުމް ކުރީ އެ ބިން 15 ދުވަހުގެ ތެރޭގައި ދައުލަތަށް ހަވާލުކުރުމަށާއި އެ ބިން ހަވާލުކުރާ ދުވަހާ ހަމައަށް ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި 1،149،271ރ. 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

ސިވިލް ކޯޓުގެ އަމުރު ސްޓްރާޑާއިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އޮކްޓޯބަރު، 2021, ގައި އެ ކޯޓުން ހުކުމް ކުރީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓާށެވެ. އެ ކުންފުނިން ސުޕްރީމް ކޯޓަށް ދިޔުމުން ވެސް އެޕްރީލް 24، 2024 ގައި ދަށު ކޯޓުގެ ހުކުމް ވަނީ ދަމަހައްޓައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް