އެ މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ދަނީ ކުރިއެރުން އަންނަމުންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ މުޅި ޖުމްލަ 1,798,421 ފަތުރުވެރިން ޒިޔާރާތްކޮށްފައި ވާއިރު އެންމެ ގިނައިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާގެ ފަތުރުވެރިންނެވެ.
އެ ގޮތުން މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 290,941 އަށް އަރާފައިވާއިރު، 3 ލައްކަ ހަމަކުރަން ދެން ބޭނުންވަނީ 9،059 ފަތުރުވެރިންނެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 1,634,035 ފަތުރުވެރިންކަމަށް ވާއިރު މިއީ %10.1 ކުރިއެރުމެއް ކަމަށް އެ މިނިސްޓްރީން ނެރުން ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަށް ޒިޔާރާތްކުރި 5 ގައުމުތަކަށް ބަލާ އިރު ޗައިނާ އިން 290,941 ފަތުރުވެރިން، ރަޝިއާ އިން 222,604 ފަތުރުވެރިން، އިނގިރޭސިވިލާތު އިން 159,125 ފަތުރުވެރިން ޖަރުމަންވިލާތު އިން 131,937 ފަތުރުވެރިން އަދި އިޓަލީވިލާތު އިން 119,098 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިކަމަށް އެ ތަފާސް ހިސާބުން ދައްކަ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ %73.8 ފަތުރުވެރިންނެވެ.
2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ %21.4 ފަތުރުވެރިންނެވެ.
އަދި %2.6 ފަތުރުވެރިންނާއިއެކު 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ހޮޓެލްތަކުގައެވެ.
ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.
އެހެންކަމުން މިހާރު މި އަމާޒު ހާސިލް ކުރަން ދެން ބޭނުން ވަނީ އެންމެ 5 ލައްކަ ފަތުރުވެރިންނެވެ.
މި ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ރާއްޖޭއަށް އެވްރެޖްކޮށް ދުވާލަކަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރެ އެވެ.