ads
މިނިސްޓަރު ޝަހީމް ސޮއިކުރައްވަނީ
ޖޫރިމަނާ ނުދައްކާ ލިސްޓުގައި ވަގަށް ވޭޕް އެތެރެކުރި ޝަހީމްގެ ދަރިކަލުން
ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނާ ހިލާފުވެގެން ޖޫރިމަނާކޮށްފައިވާ މީހުންގެ ތެރެއިން ޖޫރިމަނާ ނުދައްކާ މީހުންގެ ލިސްޓުގައި، ވަގަށް ވޭޕް އެތެރެކުރި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް ހިމެނިއްޖެއެވެ.
Advertisement

ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނާ ހިލާފުވެގެން ޖޫރިމަނާކޮށްފައިވާ މީހުންގެ ތެރެއިން ޖޫރިމަނާ ނުދައްކާ މީހުންގެ ލިސްޓު، އެ ގާނޫނުގައި ލާޒިމުކޮށްފައި އޮންނަ ގޮތުގެ މަތިން ކަސްޓަމްސް އިން އާއްމުކުރިއިރު، ލިސްޓުގެ 58 ވަނަ ނަންބަރުގައި އޮންނަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމްގެ ނަމެވެ. 

ލިސްޓުން ފެންނަ ގޮތުގައި މާހިލް، ސީބްރީޒް/ގދ. ތިނަދޫ ކަސްޓަމްސްއަށް ނުދައްކާ އޮތް ފައިސާ 1.23 މިލިއަން ރުފިޔާއަށް އަރަ އެވެ.

ވަގަށް ވޭޕް އެތެރެކުރަނިކޮށް އަތުލައިގަތް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުالله މާހިލް ޝަހީމް ޔޫތު އެޑްވައިޒަރީ ބޯޑުންވަނީ އިސްތިއުފާ ދީފައެވެ.

ރާއްޖެއަށް އެތެރެކޮށް ބޭނުން ކުރުން މި ސަރުކާރުން މަނާކޮށްފައިވާ ވޭޕް މާހިލް ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރީ މެލޭޝިޔާއިން ވައިގެ މަގުންނެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް