ads
އެފްއެސްއެމްގެ ތެޔޮ އުފުލާ ޓްރަކްއެއް ފޮޓޯ: އެސްޓީއޯ
ވަގަށް ތެޔޮ ވިއްކާތީ އެފްއެސްއެމްގެ ދެ ބާޖެއްގެ ފަޅުވެރިން އޮފީހުން ކަނޑާލައިފި
ވަގަށް ތެޔޮ ވިއްކާތީ އެފްއެސްއެމްގެ ދެ ބާޖެއްގެ ފަޅުވެރިން އޮފީހުން ކަނޑާލައިފިއެވެ.
Advertisement

އެފްއެސްއެމްގެ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މިއަދު ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމާ ގުޅިގެން އެފްއެސްއެމްގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް މިއަދު ވަނީ ސުވާލުވެސް ކޮށްފައެވެ. 

ކޮމެޓިގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން ވިދާޅުވީ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ވަރަށް ބޮޑަށް ފެންމަތިވެފައިވާ ކަމަށާއި ބައެއް އުޅަނދުތަކުގައި އެކަން ވަރަށް ބޮޑުކަމަށެވެ. އެހެންކަމުން އެ ފަދަ މައްސަލައެއް ބަލާ ވަރަށް ފަހުން ދެ ބާޖެއްގެ ހުރިހާ ފަޅުވެރިން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އާޝާން ވިދާޅުވިއެވެ.

your imageމަޖިލީހުގެ ކޮމެޓީގައި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން

މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އާޝާން ވިދާޅުވީ ތެރޮ ވަގަށް ވިއްކުން ހައްލުކުރަން ބާޖުތަކުގައި ސީސީޓީވީ ހަރުކުރަން ނިންމައި، ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އެކަން ކޮށްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ހުރިހާ ބާޖެއްގައިވެސް ކެމެރާ ހަރުކުރާނެ ކަމަށް އާޝާން ވިދާޅުވިއެވެ.  

މީގެއިތުރުން ވަގަށް ތެޔޮ ވިއްކުން ހައްލުވޭތޯ އުޅަނދުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ކޮންމެ ތިން މަހަކުން ބަދަލުކުރަން ވަނީ ނިންމާފައިވާކަންވެސް އާޝާން ފާހަގަކުރެއްވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް