ads
205 މަޝްރޫއު އަމިއްލަ ކުންފުނިތަކަށް ދިނުމުގެ އެއްބަސްވުމުގައި ސޮިއކުރުމުގެ ތެރެއިން
205 މަޝްރޫއެއް އަމިއްލަ ކުންފުނިތަކަށް، ސޮއިކުރަން ފަށައިފި
ސަރުކާރުން ފަށަން ނިންމާފައިވާ 205 މަޝްރޫއެއްގެ އެއްބަސްވުންތަކުގައި އަމިއްލަ ކުންފުންނިތަކާއި އެކު ސޮއިކުރަން ފަށައިފިއެވެ.
Advertisement

މި އެއްބަސްވުންތަކުގައި ސޮއިކުރަމުންދަނީ މި ކަމަށްޓަކައި ބާސެލޯ ނަސަންދުރާގައި ކުރިޔަށްދާ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު 4 ވަރަކަށް ގަޑިއިރަށް ކުރިޔަށްދާނެކަމަށް ބެލެވެއެވެ. 

ވާދަވެރި ބީލަމަކަށް ނުގޮސް މިއަދު ހަވާލުކުރެވޭ މަޝްރޫއުތަކަކީ އިކޮނޮމިކް ކައުންސިލުން ފާސްކޮށްފައިވާ މަޝްރޫއުތަކަކެވެ. 

މިއަދު ސޮއިކުރާ އެއްބަސްވުންތަކުގެ ތެރޭގައި ހިޔާވަހިކަމުގެ މަޝްރޫއުތަކާއި ތައުލީމީ މަޝްރޫއުތަކާއި މަތީ ތައުލީމުދޭ އިމާރާތަތައް ބިނާކުރުމާއި ސިއްހީ އިމާރާތްތައް ހެދުމާއި ޓާފްދަނޑުތައް އެޅުން ފަދަ މަޝްރޫއުތައް ހިމެނެއެވެ. 

އަމިއްލަ ކުންފުނިތަކަށް ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ހަވާލުކުރާނެކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މީގެ ސަބަބުން އެތައް ކުންފުންޏަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެހި، ދިވެހި އެތައް އާއިލާއަކަށް ތަނަވަސްކަން ލިބުމުގެ މަގުފަހިވާނެކަން ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް