މިއަހަރުގެ ނޮވެމްބަރު މަހުގެ 11 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓު ކާޑު ބޭނުންކޮށްގެން ބޭރު ގައުމުތަކުގައި ވިޔަފާރި ކުރެވޭ އަދަދު 1،000 ޑޮލަރަށް އިތުރުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު މުލީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ބީއެމްއެލުން މިއަދު ބުނީ ރާއްޖެއިން ބޭރުގައި ކާޑު މެޝިން ބޭނުންކޮށް ފައިސާ ދެއްކޭ ލިމިޓް މިހާރު 1000 ޑޮލަރަށް ބޮޑުކޮށްފައިވާކަމަށެވެ.
މީގެއިތުރުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ޓިކެޓަށާއި ހޮަޓަލަށް ފައިސާ ދެއްކުމަށާއި ސިއްހީ ފަރުވާ ހޯދުމަށް ދީފައިވާ ލިމިޓް މިއަދުން ފެށިގެން 3000 ޑޮލަރަށް ބޮޑުކޮށްފައިވާކަމަށެވެ.
ރާއްޖެއިން އިން ބޭރުން މިހާތަނަށް ޑެބިޓް ކާޑުން ކެނޑެނީ 500 ޑޮލަރެވެ.