ads
ނަރުދޫ--
ނަރުދޫން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ށ. ނަރުދޫ އިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ސީއެންއެމްއަށް ކަށަވަރުވެފައިވާ ގޮތުގައި ރޭ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އަމާޒު ބޯޓުން ކުރިން ބައްޔަށް ޕޮޒިޓިވްވި ފަޅުވެރިއެއްގެ އަންހެނުންނާއި އެމީހުންގެ ފިރިހެން ދަރިއެކެވެ. 

ރޭ މެންދަމު 2:00 ހާއިރު މި ދެ ސާމްޕަލް ޕޮޒިޓިވްވިކަން އަންގާފައިވާއިރު އެ ދެމީހުންނާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 10 އަކަށް އަރާފަ އެވެ. 

ނަރުދޫ އިން ޕޮޒިޓިވްވި މީހުން މިހާރު ވަނީ ދޮނަކުޅި ކުޅި ރިސޯޓުގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ މިދަނޑުވަޅުގައި ގިނަ އަދަދެއްގެ ސާމްޕަލްތައް ވެސް އަންނަނީ އެރަށުން ނަގަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް