ads
ފުވައްމުލަކުގެ ގެއަކަށް ކައުންސިލުން ފެން ފޯރުކޮށްދެނީ: އެރަށަށް ދޫކުރާ ފެނުގެ މައްސަލާގައި ފެނަކަ ކޯޕަރޭޝަނާ ދެކޮޅަށް ދައުވާކުރަން އެރަށު ސިޓީ ކައުންސިލުން ވަނީ ނިންމާފައި - ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް
ފުވައްމުލަކަށް ދޫކުރާ ފެން މިންގަނޑުތަކަށް ފެތޭ: ޔޫޓިލިޓީ އޮތޯރިޓީ
ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު، ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރަމުންދާ ފެނަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ސަޕްލައި ވޯޓާ މިންގަނޑުތަކަށް ފެތޭ ފެނެއްކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮޓޯރިޓީންވެސް ބުނެފި އެވެ.
Advertisement

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެނަކަ ކޯޕަރޭޝަނުން ފުވައްމުލަކަށް ދޫކުރާ ފެނަކީ އެ އޮތޯރިޓީގެ ސަޕްލައި ވޯޓާ މިންގަނޑަށް ފެތޭ ފެނެއް ކަމަށެވެ.

އެ އޮތޯރިޓީން އެހެން ބުނިއިރު، މޯލްޑިވްސް ފުޑް އެެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައި ވެސް ބުނެފައިވަނީ ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގައި ތަހުލީލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފުވައްމުލަކުގައި ސަޕްލައި ފެން ތަގައްޔަރުވެފައިވަނީ ގިނަ އަދަދެއްގެ ގޭބިސީތަކުގައި ކްރޮސް ކަނެކްޝަން (ދެ ފެން އެއްވާ ގޮތަށް) ހަދާފައިވާތީ ކަމަށާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ނޫނީ ފެން ދޫނުކުރުމަށް އެދިފައިވަނިކޮށް އަލުން ފެންދޫކޮށް ހިދުމަތް ދެމުންދާތީ އެކަން ހުއްޓުވުމަށް މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ވަނީ ބުނެފަ އެވެ.

ފުވައްމުލަކުގެ ފެނުގެ ވިއުގައަށް މައްސަލައެއް ދިމާވެ ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑުނީ މިދިޔަ ހަފްތާގަ އެވެ. ދިމާވި މައްސަލަ ހައްލުކޮށް ފެން ދޫކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ފެނަކައިން ބުނީ ފެން ދޫކުރަން ފަށާފައިވަނީ އެމްއެފްޑީއޭއިން ތަހުލީލުކޮށް، އެ އޮތޯރިޓީގެ ހުއްދަ ލިބުމަށްފަހުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް