ads
އުޅަނދެއްހެން ދުއްވޭ، ނިއުކްލިއާ ހަމަލާއަށް ނުގުޑާނެ ރަށެއް ހަދަން ޗައިނާއިން ހަދަން ފެށުން
އުޅަނދެއްހެން ދުއްވޭ، ނިއުކްލިއާ ހަމަލާއަށް ނުގުޑާނެ ރަށެއް ޗައިނާއިން ހަދަން ފަށައިފި
ނިއުކްލިއާ ހަމަލާއަކަށް ކެތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އަދި އުޅަނދެއް ފަދައިން ކަނޑުމަތީގައި ދަތުރުކުރެވޭ "ފްލޯޓިން އާޓިފިޝަލް އައިލެންޑް" ނުވަތަ ކަނޑުމަތީގައި އޮންނަ ރަށެއް ހެދުމުގެ މަސައްކަތް ޗައިނާއިން ފަށައިފި އެވެ.
Advertisement

ބަރުދަނުގައި 78،000 ޓަނު ހުންނަ މި ބޮޑު އޮނިގަނޑުގެ މަސައްކަތް ނިންމައި 2028 ވަނަ އަހަރު ބޭނުންކުރަން ފަށާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ޕްލެޓްފޯމް ހެދުމުގައި ބޭނުންކުރަނީ ނިއުކްލިއާ ގޮވުމަކުން އުފެދޭ ބާރުގަދަ ޝޮކްވޭވްތަކުން ލިބޭ ގެއްލުން ކުޑަކޮށްދިނުމަށް ހާއްސަ "މެޓަމެޓީރިއަލް" ޓެކްނޮލޮޖީއެކެވެ. ދިގުމިނުގައި 138 މީޓަރު އަދި ފުޅާމިނުގައި 85 މީޓަރު ހުންނަ މި ރަށަކީ ދުނިޔެއަށް އަންނަ އެންމެ ގަދަފަދަ ތޫފާންތަކުގައި ވެސް ކަނޑުމަތީގައި ސާބިތުކަމާ އެކު އޮވެވޭނެ ފަދަ ވަރުގަދަ ގޮތަކަށް ހަދާ ތަނެކެވެ.

އެއްފަހަރާ 238 މީހުންނަށް ހަތަރު މަސް ދުވަހު އެއްވެސް އިތުރު އެހީއަކާ ނުލައި ދިރިއުޅެވޭނެހެން ހަދާ މިތަނުގެ ދުވެލި ހުންނާނީ ގަޑިއަކު 15 ނޮޓްގެ ބާރުމިނުގަ އެވެ. ޗައިނާގެ އޮފިޝަލުން މިތަން ސިފަކުރަނީ ސައިންސްގެ ހޯދުންތަކަށް ހަދާ ތަނެއްގެ ގޮތުގައި ކަމަށް ވިޔަސް، ދިފާއީ މާހިރުން ދެކޭ ގޮތުގައި މިއީ ކަނޑުގެ މުހިންމު ސަރަހައްދުތަކަށް ބާރު ފޯރުވުމަށް އަސްކަރީ ގޮތުން ވެސް ބޭނުންކުރެވިދާނެ، ސްޓްރެޓެޖިކް ގޮތުން މުހިންމު އުޅަނދެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް