މަހުޒޫމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ފުލުހެއްގެ ގައިގައި އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. ޝިމަންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާތައް ކުރިޔަށް ނުގެންދަން ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ. އެ އޮފީހުން ބުނީ މަހްޒޫމާއި ޝިމަންގެ މައްޗަށް ކުރި އެ ދެ ދައުވާ ކުރިއަށް ނުގެންދަން ނިންމީ އެ ދެ މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި އެ މީހުންގެ އަމަލުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާތީ ކަމަށެވެ.
ޕީޖީ އޮފީހުން ކުރިން ބުނީ އެ ދެ މީހުންނަށް ނަސޭހަތުގެ އެއްބަސްވުމެއް ވެސް އެ އޮފީހުން ހުށަހެޅި ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމުގައި ސޮއިކުރަން އެ ދެ މީހުން ވެސް ދެކޮޅު ހެދި ކަމަށް ޕީޖީ އޮފީހުން އޭރު ބުނިއެވެ.
މިދިޔަ 18 އޭޕްރީލްގައި ހ. މީޓާޒުގޭ ގުދަނުގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އެރޭ އޭނާއާއި އެއްކޮށް އުޅުނު ރައުދު އަހުމަދު ޒިލާލް ގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ. ރައުދޫ ވަނީ އޭނާގެ ކުށަށް އިއުތުރާފުވެސް ވެފައެވެ.