ads
ފޮޓޯ: އޭއެފްޕީ/އެޑް ޖޯނަސް
2 ކޮރިއާގެ ދެމެދުގައި ބަޑީގެ ހަމަލާތަކެއް
އުތުރު ކޮރިއާ އަދި ދެކުނު ކޮރިއާ ގެ ދެމެދު ބަޑީގެ ހަމަލާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އުތުރު ކޮރިއާ އިން އާދިއްތަ ދުވަހު ދެ ކޮރިއާގެ ދެމެދުގައި އޮންނަ "ޑީމިލިޓަރައިޒްޑް ޒޯން" ގައި ދެކުނު ކޮރިއާއަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދިނުމުން، ދެކުނު ކޮރިއާ އިން ވަނީ ރައްދުގައި ބަޑީގެ ހަމަލާތަކެއް ދީފަ އެވެ. 

މި ހަމަލާގައި ދެކުނު ކޮރިއާގެ ގާޑް ޕޯސްޓައަކަށް އެތައް ފަހަރެއްގެ މަތިން އުތުރު ކޮރިއާ އިން ހަމަލާދީފައި ވާކަމަށް ދެކުނު ކޮރިއާ އިން ފާހަގަ ކުރެއެވެ. އަދި އެއާއެކު ދެކުނު ކޮރިއާ އިން އެ ގައުމުގެ އަސްކަރިއްޔާގެ މެނުއަލްގައި ވާގޮތަށް ބަޑީގެ ދެ ހަމަލާ އެއް އިންޒާރުގެ ގޮތުގައި ދިން ކަމަށް ވެސް ދެކުނު ކޮރިއާ އިން ބުނެއެވެ. 

މީގެ އިތުރުން، އުތުރު ކޮރިއާ އާއެކު، މި ހަމަލާތައް ބަދަލުކުރީ ކީއްވެކަން ސާފު ނުވާ ކަމަށާއި މިއީ ގަސްދުގައި ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށް ދެކުނު ކޮރެއާގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.  

އުތުރު ކޮރިއާ އިން މި ހަމަލާތައް ދޭން ފަށާފައި މިވަނީ އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުން މުޖުތަމައުއަށް ނުފެނި ތިން ހަފްތާއެއް ހާ ދުވަސް ފަހުން ފެނުނު ދުވަހުގެ އެއް ދުވަސް ފަހުން ކަމަށް ދެކުނު ކޮރިއާގެ އަސްކަރިއްޔާ އިން ފާހަގަކުރެ އެވެ. ކިމް ޖޮންގް އުން ނުފެނި ގިނަ ދުވަސްތަކެއް ވުމުން ގިނަ ބަޔަކު ދިޔައީ ތަފާތު ވާހަކަތައް ދައްކަމުންނެވެ.

ދެ ގައުމުގެ ދެމެދު އޮންނަ ބޯޑަރުގައި ހަމަލާތައް ބަދަލު ނުކުރުމުގެ އެއްބަސް ވުމަކަށް ގޮސްފައި ވަނީ 2018 ވަނަ އަހަރު އުތުރު ކޮރިއާގެ ލީޑަރު ކިމް ޖޮންގް އުން އާއި ދެކުނު ކޮރިއާގެ ރައީސް މޫން ޖޭ އިން އާ ދެމެދު އެވެ.

ދެ ކޮރިއާގެ ދެމެދު ހަމަނުޖެހުން އުފެދި ހަމަލާ ބަދަލު ކުރަން ފަށާފައި ވަނީ 1953 ވަނަ އަހަރު ކޮރިއާ ހަނގުރާމަ އާއެކު އެވެ. ދެ ގައުމުގެ ދެމެދު އޮންނަ ބޯޑަރަށް "ޑީމިލިޓަރައިޒްޑް ޒޯން" ކީ ނަމަވެސް މިއީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މައިން ފީލްޑް ހިމެނޭ އެއް ތަނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް