ads
މިއަހަރުގެ ކްރޫޒް ލައިން ސީޒަނާއި ދިމާކޮށް ރާއްޖެއައި ކްރޫޒްލައިނާ "އަޒަމަރާ ޕާސުއިޓް"
ސީޒަންގެ ފުރަތަމަ ކުރޫޒްލައިނާ ބަނދަރުކޮށްފި، 600 ވުރެ ގިނަ ފަތުރުވެރިން
މިއަހަރުގެ ކްރޫޒް ލައިން ސީޒަނާއި ދިމާކޮށް ރާއްޖެއައި ފުރަތަމަ ކްރޫޒްލައިނާ މާލޭގައި ބަނދަރުކޮށްފިއެވެ.
Advertisement

މޮރިޝަސްގެ ޕޯޓް ލުއީއިން ފުރައިގެން ރާއްޖެ އައިސް ބަނދަރުކޮށްފައިވަނީ "އަޒަމަރާ ޕާސުއިޓް" އެވެ. އެ ކްރޫޒްލައިންގައި

649  ފަސިންޖަރުންނާއި 396 ކްރޫން ހިމެނޭ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި އެ ހުރިހާ އެންމެނަށް ޕޯޓް ކްލައިއަރެންސް ދީފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ މިއީ މޮރިޝަސްއިން ރާޢްޖެ އައި ކްރޫޒްލައިނާއަކަށް ކްލިއަރެންސް ދިން ފުރަތަމަ ފަހަރު ކަމަށެވެ.

ރާއްޖެއަށް ކްރޫޒްލައިނާތައް ގެންނަ ކުންފުނިތައް ތަމުސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ވަނީ ކްރޫޒްލައިނާތަކުން އަންނަ ފަތުރުވެރިން މާލެއަށް ބާލާނެ ތަނެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން، ފަތުރުވެރިން ބާލަން ހުއްދަދީފައި އޮންނަނީ އެއް ނަންބަރު ޖެޓީއާއި މަސްވެރިންގެ ޕާކު ސަރަހައްދަށެވެ.  މިދުވަސްވަރު އެއް ނަމްބަރު ފާލަން ހިމެނޭ ސަރަހައްދުގެ މަގު ހަދަމުން އަންނާތީ އެ ސަރަހައްދުވަނީ ބަންދުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް