ads
މަހްލޫފަށް ޖަޕާން ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ
ރުހުން ދިންތާ 24 ގަޑިއިރު ނުވަނީސް ޖަޕާން ސަފީރުކަމަށް މަހުލޫފް އައްޔަންކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، އަހްމަދު މަހްލޫފް މިއަދު އައްޔަންކޮށްފިއެވެ.
Advertisement

އަހްމަދު މަހްލޫފް ސަފީރުކަމަށް އައްޔަންކުރީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މަހްލޫފަށް ސަފީރުކަމުގެ ފަތްކޮޅު  އަރުވާފައި މިވަނީ އޭނާއަށް ސަފީރުކަން ދިނުމަށް މަޖިލީހުން ފާސްކުރިތާ 24 ވިސް ގަޑިއިރުވެސް ނުވަނީސް އެވެ. 

އިއްޔެ އޮތް ޖަލްސާގައި މަހުލޫފަށް ރުހުން ދޭން ފާސްވީ 60 މެންބަރުންގެ ވޯޓުންނެވެ. އޭނާއަކީ ދާދި ފަހުން ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ.

މަހުލޫފް ސަފީރުކަމަށް ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ނިމިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި މަހުލޫފް، ޕީއެންސީއަށް ސޮއިކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ މަހުގެ 14 ވަނަދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައެވެ.

މަހުލޫފު ސިޔާސީ މައިދާނުން ފުރަތަމަ ފެނުނީ ޑީއާރުޕީންނެވެ. އެއަށް ފަހު އެ ޕާޓީގެ ތެރެއިން އުފެދުނު ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވި އެވެ.  

އޭނާ އެހާތަނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ގުޅުން ގޯސްވި ހިސާބުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް