ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ މިހާރު ކުރިޔަށް ގެންދާ އޮޕަރޭޝަން އަލިމަގު ގައިކަމަށެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގައި ޑްރަގު ވިޔަފާރިކުރާ މި ނެޓްވޯކްގެ އިސް މީހުންނަށް އަމާޒުކޮށް، މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގެއް ފުލުހުން ފެށީ، މިދިޔަ މާރިޗު މަހުގައި ކަމަށެވެ. އަދި މި މީހުން ހައްޔަރުކުރީ ރޭގައި ކަމަށްވެސް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެމީހުންގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާ ކަމަށާއި މިދިޔަ ފަސް އަހަރު މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ފައިސާ ދައުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ބުނީ މުޅި ރާއްޖޭގައި އެއްވަގުތެއްގައި ހިނގި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކީގެ ބަރުދަނަކީ 29.86 ކިލޯކަމަށެވެ. މި އޮޕަރޭޝަން 39 ރަށެއްގެ 105 ތަނެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އޭގެއިތުރުން އެއްގަމު ނުވަ އުޅަނދަކާއި ކަނޑު އެއް އުޅަނދު ފާސްކުރި ކަމަށްވެސް ފުލުހުން ބުނެއެވެ.